މުޅި ރާއްޖެ އަށް ހުޅުވާލައިގެން ކުރިއަށް ގެންދާ އަންވާރު ފުޓްސަލް ކަޕްގެ ފައިނަލަށް ޑީވައިޑީ ސްޕޯޓްސް އަދި އާކް އެކްސް ދަތުރުކޮށްފިއެވެ.

މިއަދު ހަވީރު ކުޅުނު ސެމީ ފައިނަލް މެޗު އާކް އެކްސް އިން ކާމިޔާބު ކުރީ ދަނގެއްޗަށް ނިސްބަތްވާ ޔަންގް ސްޕޯޓްސްއާ ވާދަކޮށް 4-1ގެ ނަތީޖާ އަކުންނެވެ. އެ މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ އާކްސްގެ ޖާޒީ ނަންބަރު 7 އަލީ ޝިފާއުއެވެ.

ޑީވައިޑީ ސްޕޯޓްސް ފައިނަލުން ޖާގައެއް ކަށަވަރު ކުރީ ސެމީ ފައިނަލް މެޗުގައި އެފްސީ ޑީވައިޑީ ބަލިކޮށްގެންނެވެ. އެ މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ޑީވައިޑީ ސްޕޯޓްސްގެ ޖާޒީ ނަންބަރު 5 މުހައްމަދު ރިފާއުއެވެ.

ޖުމްލަ 13 ޓީމް ވާދަކުރި މުބާރަތުގެ ފައިނަލް މެޗު ކުރިއަށްދާނީ މިރޭ 22:00 ގައެވެ. ފަންސަވީސް ހާސް ރުފިޔާގެ އިނާމެއް އެއްވަނަ ޓީމަކަށް ދޭ އެ މުބާރާތުގައި ރާއްޖެގެ އެންމެ ފުންނާބު އުސް ފުޓްސަލް ކުޅުންތެރިން ދަނީ ވާދަކުރަމުންނެވެ.