01 Jul 2017, 14:46
ނިއުޔޯކްގެ ބްރޮންޒް ސަރަހައްދުގައި ހުރި ހޮސްޕިޓަލަކަށް ދިން ހަމަލާއެއްގައި ގިނަބަޔަކު ޒަހަމްވެ ދެމީހަކު މަރުވެއްޖެއެވެ.
މަންޒަރުދުށް މީހުން ބުނިގޮތުގައި ހާދިސާ ހިނގީ ހުކުރު ދުވަހުގެ މެންދުރު ތިނެއް ޖަހާކަންހާއިރު ލެބްކޯޓެއް ލައިގެންހުރި މީހަކު ބްރޮންޒް ހޮސްޕިޓަލުގެ ތެރޭގައި ބަޑީގެ ހަމަލާތައް ދޭންފެށުމުންނެވެ.
" ބްރޮންޒް ލެބްގައި ހަމަލާތައް ބަދަލުކުރަމުންދަނީ. ދެމީހުން ވަނީ މަރުވެފައި. އެމީހުންތިބީ ކަޅުހެދުމުގައި .ސޯޅަވަނަ ބުރިން ދުންއަރަމުންދޭ،" ހަމަލާތަައް ދޭން ފެށިތާ ކުޑައިރުކޮޅެއްގެ ތެރޭގައި އެންވައިޕީޑީގެ ހާއްސާ އޮޕަރޭޝަނާ ބެހޭ ޑިވިޝަނުން ކުރި ޓްވީޓެއްގައި ބުނެފައިވެއެވެ.
މިހަމަލާގައި ފަސް ޑޮކްޓަރަކު ޒަހަމްވެފައިވާއިރު މި ޑޮކްޓަރުންނަށް ލިބިފައިވަނީ ކިހާ ޒަހަމެއްކަން ވަނީ ސާފުވާގޮތް ނުވެފައެވެ.
ފުލުހުން ވަނީ މި ހަމަލާ ދިންމީހާގެ ނަން ފަހުން އިޢުލާން ކޮށްފައެވެ. މިހަމަލާ ދީފައިވަނީ ތިރީސް ފަސްއަހަރުގެ ޑޮކްޓަރެއް ކަމަށްވާ ހެންރީ ބެއްލޯއެވެ.