ދަނގެތިން: މުހައްމަދު ސަމާހް

މުޅި ރާއްޖެއަށް ހުޅުވާލައިގެން ކުރިއަށްގެންދާ އަންވާރު ފުޓްސަލް ކަޕްގެ ސެމީ ފައިނަލަށް އާކް އެކްސް އަދި ޔަންގް ސްޕޯޓްސް ދަތުރުކޮށްފިއެވެ.

އދ. ދަނގެތީގައި ކުރިއަށްދާ އެ މުބާރަތުގައި ޖުމުލަ 13 ޓީމް ބައިވެރިވެފައިވާއިރު ސެމީ އަށް ދަތުރުކުރަނީ ކޮންމެ ގުރޫޕަކުންވެސް އެންމެ ގިނަ ޕޮއިންޓް ހޯދާ 4 ޓީމެވެ.

އިއްޔެ އެ މުބާރަތުގައި ފަސް މެޗެއްވަނީ ކުޅެފައެވެ.

ހަވީރު ކުޅުނު މެޗު ތަކުގެ ތެރެއިން ފުރަތަމަ މެޗުގައި އެފްސީ ޑީވައިޑީއާ ޑްރީމް ސްޓާސް ބައްދަލުކުރިމެޗުން ކުރި ހޯދީ އެފްސީ ޑީވައިޑީ އެވެ.

ދެވަނަ މެޗުގައި އެރިސްޓަން އަދި އެ އަތޮޅު ފެންފުއްޓަށް ނިސްބަތްވާ ވެމްޕަޔާސް ބައްދަލުކުރި އިރު އެ މެޗުން ކުރި ހޯދީ ވެމްޕަޔާސްއެވެ.

ރޭ ކުޅުނު މެޗު ތަކަށް ބަލާއިރު ލިލީއާ ޔަންގް ސްޓާސް ކުޅުނު މެޗުން ކުރި ހޯދީ ލިލީ އެވެ. އަދި މޮކަރަންއާ އަމަޔާ ކުޑަރަށް ކުޅުން މެޗުން ކުރި ހޯދީ މޮކަރަންއެވެ.

ފަހު މެޗުގައި ސެމީގެ ޖާގަ އެއް ކަށަވަރުކޮށްފައިވާ އާކް އެކްސް ކުޅުނު އިން އެ ޓީމް މޮޅުވީ ގޯޅި އަތުންނެވެ.

މިއަދު ފަހު ބުރުގެ މެޗުތައް ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވާއިރު މާދަމާ އޮންނާނީ ސެމީ ފައިނަލްގެ މެޗުތަކެވެ.

މި މުބާރަތުގެ ޗެމްޕިއަން ޓީމަކަށް 25 ހާސް ރުގފިޔާގެ އިނާމް ދިނުމަށް ވަނީ ހަމަޖެހިފައެވެ.