17 May 2010, 10:27
14:30
އަގު ބޮޑެތި އިނާމްތަކެއް ހިމަނައިގެން ވޯލްޑްކަޕް އެކްސްޕީރިއަންސް ގެނަމުގައި ދިރާގުން އާ ޕްރޮމޯޝަނެއް ފަށައިފި އެވެ.
މިއަދުން ފެށިގެން އަންނަ މަހުގެ ދިހަޔެއްގެ ނިޔަލަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި ޕްރޮމޯޝަނާ ބެހޭ މައުލޫމާތު ދެއްވަމުން ޕްރޮޖެކްޓް މެނޭޖަރ މަރިޔަމް ޝިޒްލީން ވިދާޅުވީ، އޭގެ ތެރެއިން ފުރަތަމަ ޕްރޮމޯޝަނަކީ ޓަޗްނެޓް ކަނެކްޝަން ޕްރޮމޯޝަނެއް ކަމަށެވެ. ޓަޗްނެޓް ކަނެކްޝަނެއް ގަންނަ ކޮންމެ ފަރާތަކަށް ޓަޗްނެޓް މޯޑަމުން 50 ޕަސެންޓް ޑިސްކައުންޓް ލިބޭ ގޮތަށް ހަމަޖެހިފައިވާ މި ޕްރޮމޯޝަންގެ ލަކީ ދްރޯއެއްގެ ގޮތުގައި ފަންސާސް ހާސް ރުފިޔާ އާއި ވޯލްޑް ކަޕް މެޗެއް ބަލައިލުމުގެ ފުރުސަތު ލިބޭނެ ކަމަށް ވިދާޅުވެ އެކަމުގެ އިތުރު ތަފްސީލް ދެއްވި އެވެ.
ޝިޒްލީން އަދި ވިދާޅުވީ، ދެވަނަ ޕްރޮމޯޝަނަކީ އެސްއެމްއެސް މެދުވެރިކޮށް ހުޅުވައިލާ ކުއިޒެއް ކަމަށެވެ. އަދި މި ކުއިޒްގައި ހުށަހަޅާ 10 ސުވާލް ރަނގަޅުކޮށްގެން 42 އިންޗީގެ އެލްސީޑީ ޓީވީއަކާއި ހޯމް ތިއޭޓަރ ސިސްޓަމެއް ލިބުމުގެ ފުރުސަތު ހުޅުވާލެވިފައިވާ ކަމަށް ވިދާޅުވި އެވެ.