ފުވައްމުލަކު ބަންޑާރަ ކިޅީގައި އަލިފާން ރޯވެ ބޮޑުބައެއް އަނދައިފިއެވެ.

އެމްއެންޑީއެފުން މައުލޫމާތު ދިން ގޮތުގައި އަލިފާން ރޯވި ކަމުގެ މައުލޫމާތު ލިބިފައިވަނީ މިއަދު 14:00 ގައެވެ. އަލިފާންގަނޑު އެއްކޮށް ކޮންޓްރޯލް ކުރެވުނީ މިއަދު ހަވީރު 5:30 ހާއިރު އެވެ.

ބަންޑާރަ ކިޅީގައި އަލިފާން ރޯވެފައި -- ފޮޓޯ: އެމްއެންޑީއެފް

އަލިފާންގަނޑު ނިއްވާލުމުގައި ލަސްވީ އެސަރަހައްދުގެ ވައި ހުރި ގޮތުން ކަމަށާއި އެ ހާދިސާގައި މީހަކަށް ގެއްލުމެއް ވެފައި ނުވާ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

ފުވައްމުލަކު ބަންޑާރަކިޅީގައި ދޭތެރެ ދޭތެރެއިން އަލިފާން ރޯވުމުގެ ހާދިސާތައް ހިނގައެވެ. އަދި ފުލުހުން އެމައްސަލަ ތަހުގީގް ކުރަމުން އަންނަ ކަމަށްވެސް ވަނީ ބުނެފައެވެ.