29 Jun 2017, 11:47
އައްޑޫ ސިޓީ ހިތަދޫ ގެއެއްގެ ތެރޭގައި ޕާކްކޮށްފައި އޮތް ކާރެއްގައި ރޯވެ ބޭނުން ނުކުރެވޭ ވަރަށް އަނދައިފި އެވެ.
ރޭ ދަންވަރު ހިނގި އެ ހާދިސާގައި ރޯ ވެފެއި ވަނީ ހޮންޑާ ފިޓް ބްރޭންޑްގެ ކާރެއްގަ އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ކާރުގައި ރޯވި ކަމަށް ރިޕޯޓްކޮށްފައި ވަނީ ރޭ ދަންވަރު 2:30 ގައި ކަމަށާއި ފުލުހުންނާއި ފަޔާ އެންޑް ރެސްކިއު އަދި އާންމުންގެ އެހީތެރިކަމާއި އެކު އަލިފާން ގަނޑު ނިއްވާލެވުނުއިރު ކާރު ވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދާފައި ކަމަށެވެ.

ރޭ ދަންވަރު އައްޑޫ ސިޓީގައި ރޯވި ކާރު --- ފޮޓޯ: އައްޑޫ ލައިވް
މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ކާރަކީ ވަރަށް ފަހުން އައްޑޫއަށް ގެންގޮސްފައިވާ އާ ކާރެކެވެ. ނަމަވެސް ފުލުހުން ބުނީ އެ ކާރުގައި ބަޔަކު ގަސްދުގައި ރޯކޮށްލީކަން އަދި ބުނަން ދަތި ކަމަށާއި އެ މައްސަލަ އަންނަނީ ފުލުހުން ތަހުގީގު ކުރަމުން ކަމަށެވެ.