އަންނަ އޯގަސްޓު މަހުގެ 5 އިން 14 އަށް ސީސެލްސްގައި އޮންނަ އިންޑިއަން އޯސަން އައިލެޑް ގޭމްސްއަށްދާ ރާއްޖޭގެ ޤައުމީ ބާސްކެޓް ބޯލް ޓީމްގެ ސްކޮޑް އިއުލާން ކޮށްފި އެވެ.

ޖުމްލަ 12 ކުޅުންތެރިންގެ ސްކޮޑް އިއްޔެ އިއުލާންކުރި އިރު، ޓީމްގެ ކެޕްޓަނަކީ މުހައްމަދު މުހުސިން )މުންޗޮޅި( އެވެ. އަދި ވައިސް ކެޕްޓަނަކަށް ދެ ކުޅުންތެރިން އައްޔަން ކުރި އިރު، އެކުޅުން ތެރިންނަކީ އިލްޔާސް އިބްރާހިމާއި ޒަކަރިއްޔާ އަބްދުލް ލަތީފެވެ.

ބާސްކެޓް ބޯލް އެސޯސިއޭޝަނުން ބުނީ، އިންޑިއަން އޯސަން އައިލެޑް ގޭމްސްއަށް ދިއުމުގެ ކުރިން މިމަހުގެ 26 އިން 30 އަށް ޤައުމީ ޓީމް ބަގްލަދޭޝްގެ ވެރިރަށް ޑާކާއަށް ދަތުރެއް ކުރާނެ ކަމަށެވެ.

އެދަތުރަކީ އެޤައުމުގައި އޮންނަ "ސޭހް ޝާހިދު ކަމާލް އިންވިޓޭޝަނަލް ބާސްކެޓް ބޯލް ޓޯނަމަންޓް"ގައި ބައިވެރިވާން ކުރާ ދަތުރެކެވެ. އެމުބާރާތުގައި ރާއްޖޭގެ އިތުރުން އިންޑިއާ، ބަންގްލަދޭޝް، ނޭޕާލް އަދި ބޫޓާން ބައިވެރިވެ އެވެ.

ބަންގުލަދޭޝްގައި އޮންނަ މުބާރާތަށް ފަހު ޓީމްގެ ސްކޮޑުން ދެ ކުޅުން ތެރިޔަކު ބާކީ ކުރާނެ ކަމަށާއި އެގޮތުން އިންޑިއަން އޯސަން އައިލެޑް ގޭމްސްއަށް ދާނީ 10 ކުޅުން ތެރިން ކަމަށް ވެސް އެސޯސިއޭޝަނުން ބުންޏެވެ.

ބާސްކެޓް ޓީމްގެ ހެޑްކޯޗަކީ ސުޕަން ވިމަލްއެވެ، އަދި ކޯޗަކަށް އިބްރާހިމް ނާހިދު ހަމަޖައްސާފައި ވާއިރު، ޓީމްގެ މެނޭޖަރަކީ އަހުމަދު އަޔާޒް ރަޝީދެވެ.

ބަނގްލަދޭޝްއަށް ދާ ރާއްޖޭގެ ބާސްކެޓް ބޯލް ސްކޮޑް:
1- އަހުމަދު އައިމަން ރަޝީދު
2- ޒަކަރިއްޔާ އަބްދުލް ލަތީފް )ވ. ކެޕްޓަން(
3- މުހައްމަދު ޒިލާލް
4- އަލި ފަޒްލީ
5- އަހުމަދު އަފްޝަން ރަޝީދު
6- މުހައްމަދު މުހުޝިން )ކެޕްޓަން(
7- އަހުމަދު އިފްސާޙް
8- ހުސެން ހަލީމް
9- އަހުމަދު ޖަބީރު
10- އަހުމަދު ފިރާސް
11- އިލްޔާސް އިބްރާހިމް )ވ. ކެޕްޓަން(
12- އަބްދުއްﷲ އަލީ