28 Jun 2017, 10:15
މިހާރު އދ. ދަނގެތީގައި ކުރިއަށްދާ އަންވާރު ފުޓްސަލް މުބާރާތުގައި އިއްޔެ ކުޅުނު މެޗުތަކުން ޑީވައިޑީ، ބިރަކާ ނުލާ، ވެމްޕަޔާސް އެރިސްޓަން އަދި ޔަންގްސްޓާ މޮޅުވެއްޖެ އެވެ.
ޖަމުއްޔަތުއް އަންވާރުން އިންތިޒާމް ކޮށްގެން ފިތުރު އީދުގެ މުނާސަބަތުގައި ކުރިއަށްގެންދާ އެ މުބާރަތުގައި އިއްޔެ އާއި ރޭ ވަނީ ޖުމުލަ 6 މެޗެއްކުޅެފަ އެވެ.
އިއްޔެ ހަވީރު ކުޅުނު މެޗުތަކުގެ ތެރެއިން ފުރަތަމަ މެޗުގައި ޑީވައިޑީ އަދި ޔަންގް ސްޓާ ކުޅުނު އިރު އެ މެޗު ޑީވައިޑީން ކާމިޔާބުކުރީ 6-3ގެ ނަތީޖާއަކުންނެވެ.
ދެވަނަ މެޗުގައި ބިރަކާނުލާ އަދި ގޯޅި ބައްދަލުކުރި އިރު އެ މެޗު 2-1 ކާމިޔާބުކުރީ ބިރާކާނުލާއިންނެވެ.
ރޭ ކުޅުނު ފުރތަމަ މެޗުގައި ވެމްޕަޔާސް އަދި ޑްރީމްސްޓާ ވާދަކުރި އިރު އެ މެޗު ވެމްޕަޔާސް އިން ކާމިޔާބުކުރީ 4-2 ގެ ނަތީޖާއިންނެވެ.
ރޭގަނޑު ކުޅުނު ދެވަނަ މެޗުގައި އެފްސީ ޑީވައިޑީ އަދި އެރިސްޓަން ވާދަކުރި އިރު ފޯރިގަދަ ކުޅުމަކަށް ފަހު އެ މެޗު ކާމިޔާބުކުރީ 2-3ގެ ނަތީޖާއަކުން އެރިސްޓަންއިންނެވެ.
ރޭ ކުޅުނު ފަހު މެޗުގައި ވާދަކުރީ އަ މާޔާ ރިސޯޓްގެ ޓީމާއި ޔަންގް ސްޓާސް އެވެ. އެ މެޗު ދަނގެތިއަށް ނިސްބަތްވާ ޔަންގް ސްޕޯޓްސް އިން ކާމިޔާބުކުރީ 17-0ގެ ނަތީޖާއަކުންނެވެ.
އަންވާރު ފުޓްސަލް ކަޕްގެ 7 ވަނަ މުބާރަތް ފެށިގެން ކުރިއަށްދާ އިރު މި ފަހަރުގެ މުބާރާތުގައި 13 ޓީމެއްވަނީ ބައިވެރިވެފަ އެެވެ. މުބާރާތުގެ ޗެމްޕިއަން ޓީމަކަށް 25 ހާސް ރުފިޔާ ދިނުމަށް ނިންމާފައިވާ އިރު އެ މުބާރާތަކީ މުޅި އދ. އަތޮޅަށް ހުޅުވާލައިގެން ބާއްވާ މުބާރަތެކެވެ.