އައްޑު އަތޮޅު ހެރެތެރެ ރިސޯޓުގައި މަސައްކަތް ކުރަމުން އައި ތައިލެންޑްގެ އަންހެނަކާއި ދިވެހި ފިރިހެނަކު އެ ރިސޯޓްގައި ބަދުއަހުލާގީ ޢަމަލު ހިންގަމުން ދިޔަ ކަމުގެ ތުހުމަތަށް ހައްޔަރު ކޮށްފި އެވެ. ފުލުހުން ވެސް ވަނީ މިކަން ކަށަވަރު ކޮށްދެއްވާފަ އެވެ.

ސަން އަށް އެނގިފައިވާ ގޮތުގައި އުމުރުން 33 އަހަރުގެ ތައިލެންޑް އަންހެން މީހާ އާއި އުމުރުން 36 އަހަރު ގެ ފިރިހެން މީހާ ހައްޔަރުކުރީ ކޮޓަރިއެއްގެ ތެރޭ ބަދުއަޚްލާގީ ޢަމަލު ހިންގަމުން ދަނިކޮށް މިދިއަ ބުރާސްފަތި ދުވަހުގެރޭގަ އެވެ. ފުލުހުން އެމީހުން ހައްޔަރު ކުރީ އާންމު ފަރާތަކުން އެކަން ރިޕޯޓް ކުރުމުން ކަމަށް ވެސް ސަން އަށް ވަނީ އެނގިފައެވެ.

މިކަމާބެހޭ އިތުރު މައުލޫމާތެއް ފުލުހުން ދީފައެއް ނުވެ އެވެ.