27 Jun 2017, 10:05
ފިތުރު އީދާ ގުޅިގެން ގައުމީ އެއާލައިން މޯލްޑިވިއަނުން އެ އެއާލައިންގެ 50 ފަސިންޖަރަކަށް، ރާއްޖޭގެ ކޮންމެ މަންޒިލަކަށްވެސް ދަތުރުކުރުމަށް ދެކޮޅު ޓިކެޓު ހަދިޔާކޮށްފިއެވެ.
މޯލްޑިވިއަންއިން ބުނި ގޮތުގައި، އީދުދުވަހު އެ އެއާލައިންގެ ޑޮމެސްޓިކް ހުރިހާ ފްލައިޓެއްގައި ދަތުރުކުރި ފަސިންޖަރުންގެ ތެރެއިން 50 ފަސިންޖަރަކު ވަނީ ގުރުއަތަކުން ހޮވައިފައެވެ.

މޯލްޑިވިއަންއިން އީދުގެ މުނާސަބަތުގައި 50 ފަސިންޖަރަކަށް ވަނީ ޓިކެޓު ހަދިޔާކޮށްފައި --- ފޮޓޯ/ މޯލްޑިވިއަން
"މޯލްޑިވިއަން އީދު ހަދިޔާ"ގެ ނަމުގައި ކުރިޔަށް ގެންދިޔަ މި ހަރަކާތުގައި ގުރުއަތުން ހޮވުނު 50 ފަސިންޖަރުންނަށް ވަނީ، މޯލްޑިވިއަންގެ ނެޓްވޯކުގެ ތެރެއިން ކޮންމެ މަންޒިލަކަށްވެސް ދަތުރުކުރުމަށް ދެކޮޅު ޓިކެޓު ހަދިޔާކޮށްފައެވެ.
ފިތުރު އީދާ ދިމާކޮށް މޯލްޑިވިއަނުން ދިން މި ހަދިޔާއާ ގުޅޭގޮތުން މޯލްޑިވިއަންގެ އޮފިޝަލަކު ވިދާޅުވީ، ފަސިންޖަރުން ތިބީ ވަރަށް ހިތްހަމަޖެހި، އުފާވެފައި ކަމަށެވެ.
މޯލްޑިވިއަންގެ އިތުރުން، ރާއްޖޭގެ އެހެން ގިނަ ކުންފުނިތަކަކުންވެސް ވަނީ ފިތުރު އީދާ ދިމާކޮށް ގިނަ ހަދިޔާތަކެއް ދީފައެވެ.