17 Jul 2011, 10:35
ގައުމީ ދިފާއީ ބާރުގެ ހަތަރު މަގާމަކަށް ޑިފެންސް މިނިސްޓަރު ބަދަލު ގެންނަވައިފި އެވެ.
ސިފައިންގެ ބައެއް މަގާމުތަކަށް ބަދަލު ގެންނެވީ ޖުލައި3، 2011 އިން ފެށިގެނެވެ. ގެނައި ބަދަލުތަކުގެ ތެރޭގައި މޭޖާ ޑރ. ޙުސައިން ޙަލީމް ބަދަލު ކުރެއްވެވީ ޑައިރެކްޓްރޭޓް އޮފް އޮޕަރޭޝަންސް އެންޑް ޓްރޭނިންގެ ޑައިރެކްޓާ ސްޕޯޓްސް އެންޑް ފިޓްނަސްގެ މަޤާމަށެވެ.
ޑިފެންސް އިންސްޓިޓިއުޓް ފޯ ޓްރޭނިން އެންޑް އެޑިއުކޭޝަންގެ ޑެޕިއުޓީ ކޮމާންޑިން އޮފިސަރުގެ މަޤާމުން، ކެޕްޓަން އިބްރާހިމް ހިލްމީ ބަދަލު ކުރެއްވެވީ ޑިފެންސް އިންސްޓިޓިއުޓް ފޯ ޓްރޭނިން އެންޑް އެޑިއުކޭޝަންގެ އޮފިސާ ކޮމާންޑިންގެ މަޤާމަށެވެ. ފަސްޓް ލެފްޓިނެންޓް އަޙްމަދު ޝަރީފް ޑިފެންސް އިންސްޓިޓިއުޓް ފޯ ޓްރޭނިން އެންޑް އެޑިއުކޭޝަންގެ އޮފިސާ ކޮމާންޑިންގެ އެހީތެރިޔާގެ މަޤާމަށް އިސްކޮށް، ލެފްޓިނެންޓް އަޙްމަދު ތިހާމް އެކްސްޕްލޯސިވް އޯޑިނެންސް ޑިސްޕޯސަލް ގެ އޮފިސާ ކޮމާންޑިންގެ މަޤާމަށް ވެސް ވަނީ ބަދަލު ކުރައްވާފަ އެވެ.