މާފަންނު ފީރޯޒު މަގުގައި ހުރި ސައިކަލް ތަކުގެ ތެރެއިން 12 ސައިކަލެއްގެ މަޑި ކަފާލައިފިއެވެ.

ފުލުހުން ބުނީ 12 ސައިކަލެއްގެ މަޑި ރޭ ދަންވަރު 1:30 ހާއިރު ކަފާލިކަމުގެ ރިޕޯޓު ފުލުހުންނަށް ލިބިފައިވާ ކަމަށާއި އެމައްސަލަ ފުލުހުން ބަލަމުންދާ ކަމަށެވެ.

ނަމަވެސް އިތުރު ތަފްސީލެއް ފުލުހުން ނުދެއެވެ.

ރޭ ދަންވަރު ތޫނު އެއްޗަކުން ހަމަލާދީ 26 އަހަރުގެ ފިރިހެނަކުވެސް ވަނީ ޒަހަމް ކޮށްލައިފައެވެ. އެމީހާއަށް އޭޑީކޭގައި އަދިވެސް ދަނީ ފަރުވާ ދެމުންނެވެ.

މިހާރަކަށް އައިސް ފޭރުމާއި ވައްކަމުގެ މައްސަލަތައްވެސް ވަނީ ގިނަވެފައެވެ.

ފުލުހުން އިލްތިމާސްކޮށްފައިވަނީ ވައްކަން ކުރުމުގެ ފުރުސަތު ނުދިނުމަށް ތަންތަން ރަނގަޅަށް ތަޅުލައި ރައްކާތެރި ކަމުގެ ފިޔަވަޅު އެޅުމަށެވެ.