26 Jun 2017, 13:25
ސަންތިއާގޯ ބެރްނަބެއުގެ ވެރީންނަށްވުރެ ރަނގަޅަށް ކްރިސްޓިއާނޯ ރޮނާލްޑޯއަށް ކަންކަން ކޮށްދޭނޭ އެފަދަ ބަޔަކު އަދި ކްލަބެއް ވެސް ނޯންނާނޭކަމަށް ރެއާލް މެޑްރިޑްގެ ކުރީގެ ޑިފެންޑަރު މިގެލް ސަލްގާޑޯ ބުނެފިއެވެ.
ޕޯޗްގީޒް ކެޕްޓަން ރޮނާލްޑޯ ވަނީ، ސްޕެނިޝް ޓެކްސް އޮތޯރިޓީން އޭނާއާ މެދު އަމަލުކޮށްފައި ވަނީ، ވަރަށް އިހާނެތިކޮށް ކަމަށްބުނެ، ސްޕެއިންއާއި ރެއާލް މެޑްރިޑް ދޫކޮށްލަން ނިންމާފައިވާ ކަމަށް ބުނެފައެވެ.
ރޮނާލްޑޯގެ މި ނިންމުމާ ގުޅިގެން އޭނާ އަތުއަޅުވާލުމަށް އެންމެ ބުރަކޮށް މަސައްކަތް ފަށާފައި ވަނީ، މެންޗެސްޓާ ޔުނައިޓެޑާއި ޕީއެސްޖީއެވެ.
ގުއަޓެމާލާގައި ނޫސްވެރީންނާ ވާހަކަދައްކަމުން ސަލްގާޑޯ ބުނެފައިވަނީ، ކްރިސްޓިއާނޯ ދޫކޮށްލަން ރެއާލް މެޑްރިޑުން ބޭނުން ނުވާ ކަމަށެވެ.
"ރެއާލް މެޑްރިޑަށް ވުރެ ވަކިން ރަނގަޅަށް އޭނާއާ މެދު ކަންކަން ކޮށްދޭނޭ ކްލަބެއް ރޮނާލްޑޯއަކަށް ނުލިބޭނެ،" ރޮނާލްޑޯ ރެއާލްގައި މަޑުކުރާނޭކަމަށް އުންމީދުކުރާކަން ހާމަކުރަމުން ސަލްގާޑޯ ބުންޏެވެ.