ޓޯކިޔޯ: ޖަޕާނަށް ދާދިފަހުން އައި ބިންހެލުމާއި ސުނާމީގައި ލިބުނު ގެއްލުންތަކާ ގުޅިގެން ގައުމު އަލުން އާރާސްތު ކުރުމަށްޓަކައި 152 ބިލިޔަން އެމެރިކާ ޑޮލަރުގެ ޕްލޭނެއްގެ ދެލި ކޮޕީ ޖަޕާން ސަރުކާރުން އެކުލަވާލައިފި އެވެ.

ޖަޕާން ސަރުކާރުން ބުނި ގޮތުގައި 152 ބިލިޔަން ޑޮލަރުގެ އެމަޝްރޫއަށް ބޭނުންވާ ފައިސާ ހޯދުމަށް އިތުރު ޓެކްސްއެއް ނަގަން ރާވާފައެއްނުވެ އެވެ. ނަމަވެސް ފައިސާ ލިބޭނެ އެހެން ގޮތްތައް ހޯދުމަށް މަސައްކަތް ކުރާނެ ކަމަށް ބުނެ އެވެ.

މިދިޔަ މާޗް މަހު ޖަޕާނަށް އައި ބާރުގަދަ ބިންހެލުމާއި ސުނާމީގައި އެޤައުމުގެ ނިއުކްލިޔާ އެނާޖީގެ ސެކްޓަރަށް ބޮޑެތި ގެއްލުންތަކެއްވެ ރޭޑިއޭޝަންގެ ނުރައްކާ ކުރިމަތިވުމާ އެކު ނިއުކްލިޔާ ހަކަތަ އަށް ރައްޔިތުންގެ އިތުބާރު ގެއްލިފައިވެ އެވެ.

އެހެންކަމުން މި 152 ބިލިޔަން ޑޮލަރުގެ މަޝްރޫއުގައި ނިއުކްލިޔާ އެނާޖީގެ ބަދަލުގައި ސޯލާ އެނާޖީ އާއި ވިންޑްއެނާޖީ ތަރައްޤީ ކުރުމަށް އިސްކަންދީފައިވެ އެވެ. (ރޮއިޓާސް)