16 Jul 2011, 19:40
ޗައިލްޑް އެބިއުސް ޕްރިވެންޝަން ސޮސައިޓީ (ކެޕްސް)ގެ ދެވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން ޙާއްސަ ފުޓްބޯޅަ މެޗެއް ކުޅެފި އެވެ.
މިއަދު ހެނދުނު ހެންވޭރު ދަނޑުގައި ކުޅުނު މިމެޗް ގައި ބައްދަލުކުރި ދެ ޓީމަކީ ކެޕްސްގެ ޓީމަކާއި ޑިޕާޓްމެންޓް އޮފް ޖުޑީޝިއަލް އެޑްމިނިސްޓްރޭޝަން ގެ މުވައްޒަފުންގެ ޓީމެކެވެ.
ކޮންމެ ޓީމަކަށް އަށް ކުޅުންތެރިން ލައިގެން ކުޅުން މިމެޗްގެ ފުރަތަމަ ހާފްގައި ކެޕްސް އިން ތިން ލަނޑު ޖަހާ ލީޑް ހޯދާފައި ވަނިކޮށް ޖުޑިޝިއަރީގެ މުވައްޒަފުންގެ ޓީމު ފަހަތުން އަރާ ހަތަރު ލަނޑު ޖަހާ މެޗް ގެ ކުރި ހޯދިއެވެ.
މިމެޗް ގެ ޝަރަފްވެރިކޮށްދެއްވީ ނައިބުރައީސް ޑރ. މުހައްމަދު ވަޙީދު ޙަސަން މަނިކެވެ.