ހިޓާޗީ ޕަވަރޓޫލްސް އާއި ޑެއިވޫ ބްރޭންޑްގެ އިލެކްޓްރޯނިކް ސާމާނާ އެކު، "ޑެއިން ހައުޒް" ޝޯރޫމް މާލޭގައި ހުޅުވައިފި އެވެ. ޑެއިން ހައުޒް ހުންނަނީ ގަލޮޅު އަލިކިލެގެފާނުމަގުގައެވެ.

ބުރާސްފަތި ދުވަހުގެ ރޭ ހުޅުވި ޑެއިން ހައުޒްއަކީ ޕްރޯޓޫލްސް އެމްވީ ކިޔާ ކުންފުންޏަކުން ހިންގާ ޝޯރޫމެކެވެ. އެ ޝޯރޫމް ހުޅުވައިދެއްވީ ވިޔަފާރިވެރިންގެ ޖަމިއްޔާގެ ނައިބު ރައީސް އިސްމާއިލް އާސިފެވެ.

ޕްރޯޓޫލްސް އިން މައުލޫމާތުދޭ ގޮތުގައި، ޑެއިން ހައުޒް ހުޅުވުމުގެ މަގްސަދަކީ ރައްޔިތުންނަށް ހެޔޮ އަގުގައި، ކޮލިޓީ މުދާ ވިއްކައި، އެތަކެތީގެ އާފްޓާ ސޭލްސް ޚިދުމަތް ފޯރުކޮށްދިނުމެވެ. މީގެ އިތުރުން އެތަނުން ޒުވާނުންނަށް ކަމުދާނެ ޒަމާނީ، "ސްޓައިލިޝް" ޕްރޮޑަކްޓްތައް ލިބޭނެ މަގު ތަނަވަސްކޮށްދޭނެ ކަމަށް އެތަނުން މައުލޫމަތުދެއެވެ.

ޑެއިން ހައުޒް ޝޯރޫމް ހުޅުވުމަށްފަހު ވިޔަފާރިވެރިންގެ ޖަމިއްޔާގެ ނައިބު ރައީސް އިސްމާއިލް އާސިފް އެތަން ބައްލަވާލައްވަނީ --- ފޮޓޯ/ ޑެއިން ހައުޒް

ޑެއިން ހައުޒްއަކީ ހިޓާޗީ ޕަވާ ޓޫލްސްއާއި ޑެއިވޫ ބްރޭންޑްގެ، ރާއްޖޭގެ އޮތޮރައިޒްޑް ޑިސްޓްރިބިއުޓަރެވެ.

އެތަނުން ލިބޭ ޕްރޮޑަކްޓްތަކުގެ ތެރޭގައި މި ދެ ބްރޭންޑްގެ އިތުރުން އެލްޖީ އެއާކޮންޑިޝަނަރާއި، ފިލިޕްސް ބަދިގޭ ސާމާނާއި އެހެނިހެން އެޕްލަޔަންސް ހިމެނެއެވެ.

ޑެއިވޫއާއި އެލްޖީ ބްރޭންޑްގެ ހުރިހާ މުދަލަކަށް އެއް އަހަރު ދުވަހުގެ ވޮރެންޓީ، ޕިލިޕްސް ބްރޭންޑްގެ ޕްރޮޑަކްޓްސްތަކަށް ދެ އަހަރު ދުވަހުގެ ވޮރެންޓީ އަދި ހިޓާޗީ ޕަވަރޓޫލްސްއަށް ހަމަސް ދުވަހުގެ ވޮރެންޓީ ލިބޭނެކަމަށް ޑެއިން ހައުޒްއިން މައުލޫމާތުދެއެވެ.