16 Jul 2011, 17:52
ޓޯކިޔޯ : އަލިމަހާއި ޖަވާހިރުފަދަ ނާދިރު މަޢްދަންތަކުގެ ބޮޑު ސްޓޮކެއް ޕެސިފިކް ކަނޑުގެ އަޑީގައިވާކަން ކަމާބެހޭ ޖިޔޮލޮޖިކަލް ސާވޭއަކުން ހާމަވެއްޖެއެވެ.
ޖަޕާނުގެ ސައެންސްވެރިންގެ ޓީމަކުންކުރި ޖިޔޮލޮޖިކަލް ސާވޭއަކާ ޙަވާލާދީ އެޤައުމުގެ ނޫހެއްކަމަށްވާ "ނިކީ" ބުނިގޮތުގައި ޕެސިފިކް ކަނޑުގައި ނާދިރު މަޢްދަންތައްހުރީ އެކަނޑުގެ ބިމުގެ އަޑިން 3500 މީޓަރާއި 6000 މީޓަރުގެ ފުނުގައި 11 މިލިޔަން އަކަމީޓަރުގެ ސަރަޙައްދެއްގަ އެވެ.
ދުނިޔޭގެ ބައްރުތަކުގެ ބިމުގެ އަޑީގައި ހުރި މިންވަރަށްވުރެ ޕެސިފިކް ކަނޑުގެ ބިމުގެ އަޑީގައި ހުރިކަމަށް ލަފާކުރެވޭ މަޢްދަންތަކުގެ މިންވަރު 1000 ގުނަ އިތުރުކަމަށްވެސް މިސާވޭ ބުނެއެވެ. މިގޮތުން ޕެސިފިކް ކަނޑުގައި ހުރި މަޢްދަންތަކުގެ ސްޓޮކް 100 ބިލިޔަން ޓަނަށް އަރާކަމަށް ޖަޕާނުގެ ސައެންސްވެރިން ކުރި ސަރވޭން ހާމަވެފައިވެއެވެ.
ބިމުގެއަޑީގައިވާ އަލިމަހާއި ޖަވާހިރާއި އެނޫންވެސް މިފަދަ ނާދިރު މަޢްދަންތައް އެންމެ ގިނައިން ނަގާ ޤައުމަކީ ޗައިނާއެވެ. މިތަކެތި ބޭނުންކުރަނީ ހައިޓެކް އިލެކްޓްރޯނިކްސް މެޝިންތަކުގައާއި އެމޮނަޓިސަޓް ސިނާޢަތްތަކުގައާއި ބެޓެރިފަދަ ތަކެތީގައެވެ.
ޕެސިފިކް ކަނޑުގައި އަލިމަހާއި ޖަވާހިރާއި ލެތިޔަމްފަދަ ނާދިރު މަޢްދަންތައް ހުރި މިންވަރު ބެލުމުގެ ޖިޔޮލޮޖިކަލް ދިރާސާ ކޮށްފައިވަނީ ޖަޕާން އެޖެންސީ ފޯރ މެރިން އާރތް ސައެންސް އެންޑް ޓެކްނޮލޮޖީއާއި ޓޯކިޔޯ ޔުނިވަރސިޓީގެ ސައެންސްވެރިންގެ ގުޅިފައިވާ ޓީމަކުންނެވެ. -- ރޮއިޓާސް / ޖަވާދު