16 Jul 2011, 15:53
ގދ. ތިނަދޫގައި އުމުރުން 17 އަހަރުގެ އަންހެން ކުއްޖަކާ ގަދަކަމުން ބަދުއަޚްލާގީ އަމަލު ހިންގަން އުޅުނު ކަމުގެ ތުހުމަތުގައި ޒުވާނަކު ފުލުހުން ހައްޔަރު ކޮށްފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ ބުދަ ދުވަހުގެރޭ ހިނގި އެ ހާދިސާއާ ގުޅިގެން މީހަކު ހައްޔަރުކޮށްފައިވާ ކަމަށާއި ތަހުގީގު ކުރިއަށްދާތީ އިތުރު ތަފްސީލު ދެވެން ނެތް ކަމަށެވެ.
ތިނަދޫން ވާހަކަ ދެއްކި މީހަކު ބުނީ އެ އަންހެން ކުއްޖާ އާ ބަޔަކު ބަދުއަހުލާގީ އަމަލު ހިންގަން މަސައްކަތް ކުރީ ބުދަ ދުވަހުގެރޭ 10:00 ޖަހާ އެހާކަންހާއިރު އެރަށުގެ ދެކުނު ފަރާތު ވަލު ތެރެއަށް ގެންގޮސްގެން ކަމަށެވެ.
އަދި އެ ކުއްޖާ އަށް ކޮންމެވެސް ވަރަކަށް އަނިޔާ ލިބިފައި ހުރި ކަމަށް ވެސް އެ ރަށުން ވާހަކަ ދެއްކި މީހާ ބުންޏެވެ.