22 Jun 2017, 13:58
މި އަހަރުގެ ރޯދަމަހަށް ޚާއްސަކޮށްގެން ސަން އޮންލައިނުން ކުރިޔަށް ގެންދާ ބައިވެރިކޮށްފައިވާ ވާހަކަތަކުގެ ތެރޭން ކިޔުންތެރީންނަށް އެންމެ ރަނގަޅު ވާހަކަ ހޮވުމަށް އެސްއެމްއެސް ފޮނުވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
މި މުބާރާތުގައި ބައިވެރިކޮށްފައިވާ ވާހަކަތަކަށް މާކްސް ދޭން ހަމަޖައްސާފައި ވަނީ، ސަން އިން އެކަމަށް ކަނޑައަޅާފައިވާ ފަނޑިޔާރުންގެ ޓީމަކުން 60 ޕަސެންޓް އަދި އެސްއެމްއެސް އަށް 40 ޕަސެންޓެވެ.
އެސްއެމްއެސްކުރުމުގެ ފުރުސަތު އޮންނާނީ، މިއަދުން ފެށިގެން ޖުލައި 05 ވަނަ ދުވަހުގެ ރޭ މެންދަމު 12:00އާ ހަމައަށެވެ.
އެސްއެމްއެސް ކުރައްވާނީ، (KV (space) story name (send to 2747 އަށެވެ.
މުބާރާތުގައި ބައިވެރިކުރި ވާހަކަތައް:
މި އަހަރުގެ ސަން އޮންލައިން ކުރުވާހަކަ މުބާރާތުން އެއްވަނައަށް ހޮވޭ ވާހަކަ އަކަށް -/12،000 ރުފިޔާ ދެވަނަ އަށް -/8000ރ. އަދި ތިން ވަނަ އަށް -/6000ރ. ދިނުމަށް ވަނީ ނިންމައިފައެވެ.
މުބާރާތުގައި އިންސާފު ކުރުމުގައި ބަލާ ކަންތައްތަކުގެ ތެރޭގައި، ލިޔުންތެރިޔާ އިހްސާސްތައް ފޯރުކޮށްދޭ ގޮތާއި ލިޔުންތެރިކަމުގެ ބަޔާއި އިބާރާތުގެ ބަދަހިކަމަށް ބެލެވޭނެއެވެ.