22 Jun 2017, 11:20
މިދިޔަ މޭ މަހު ރާއްޖެެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު، އޭގެ ކުރީ އަހަރުގެ މޭ މަހާ އަޅާ ބަލާއިރު އިތުރުވީ 200 ވަރަކަށް ފަތުރުވެރިންކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.
މިއަހަރުގެ މޭ މަހު ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދަކީ 93,491 އެވެ. މިދިޔަ އަހަރުގެ މޭ މަހާ އަޅާ ބަލާއިރު މިއީ 203 ފަތުރުވެރިންގެ އިތުރުވުމެކެވެ. މިދިޔަ އަހަރުގެ މޭ މަހު ރާއްޖެ އައީ 93,228 ފަތުރުވެރިންނެވެ.
އެންމެ ގިނަ ފަތުރުވެރިން އައި ފަސް ގައުމު
- ޗައިނާ:23،225 ފަތުރުވެރިން
- ޖަރުމަނު:8،742 ފަތުރުވެރިން
- އިންޑިއާ:8،092 ފަތުރުވެރިން
- އިނގިރޭސިވިލާތް:7،151 ފަތުރުވެރިން
- ރަޝިއާ:3،564 ފަތުރުވެރިން
ޓުއަރިސްޓް އެރައިވަލްސް ސްޓެޓިސްޓިކްސް ދައްކާ ގޮތުގައި މިއަހަރުގެ މޭ މަހުގެ ނިޔަލަށް ރާއްޖެއައި ފަތުރުވެރީންގެ އަދަދަކީ 572,318 އެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާ ބަލާއިރު 5.8 ޕަސަންޓުގެ އިތުރުވުމެކެވެ.
ރިސޯޓުތަކުގެ އޮކިއުޕަންސީ ޖެނުއަރީ މަހު ހުރީ 61.4 ޕަސަންޓުގައެވެ. އަދި ގެސްޓްހައުސްތަކުގެ އޮކިއުޕަންސީ ހުރީ 23.3 ޕަސަންޓުގައެވެ.