22 Jun 2017, 11:46
ސައުތް އޭޝިއަން ޓްރަވަލް އެވޯޑްސް (ސަޓާ)ގައި މިއަހަރު ބައިވެރިވާ ގައުމުތަކުގެ ތެރެއިން އިންޑިއާއިން ނޮމިނޭޓުކޮށްފައިވާ ގައުމުތަކަށް ބަލާއިރު ޖުމްލަ 28 ބްރޭންޑެއް ހިމެނެ އެވެ. އޭގެ ތެރޭގައި އިންޑިއާގެ އެންމެ ބޮޑެތި އަދި ދުވަސްވީ ދުނިޔޭގެ އިންޓަނޭޝަނަލް މަޝްހޫރު ބްރޭންޑުތައް ވެސް ހިމެނެ އެވެ.
ހައިރައިޒުން އިންތިޒާމުކޮށްގެން މިދިޔަ އަހަރުން ފެށިގެން ބާއްވަމުން އަންނަ ސަޓާ އެވޯޑަކީ ސަރަހައްދީ ފެންވަރުގައި ފަތުރުވެރިކަމުގެ ދާއިރާއިން ހޮވާލެވޭ ފަރާތްތަކަށް ދެވޭ އެވޯޑެކެވެ. މިދިޔަ އަހަރުގެ އެވޯޑު ހަފްލާ ސްރީ ލަންކާގައި ބާއްވާފައިވާ އިރު މިއަހަރުގެ އެވޯޑު ހަފްލާ ބާއްވަން ހަމަޖައްސާފައި ވަނީ ރާއްޖޭގެ ރިސޯޓެއްގައި އަންނަ އޮކްޓޯބަރުގެ ފަހު ކޮޅުގަ އެވެ.
އިންޑިއާ އިން 28 ބްރޭންޑެއް ނޮމިނޭޓުކޮށްފައިވާ އިރު އެވޯޑުގައި ބައިވެރިވާ ގައުމުތަކުން 300 އަށްވުރެ ގިނަ ނޮމިނޭޝަންސް އެ އެވޯޑަށް ހުށަޅާފައިވެ އެވެ.
އިންޑިއާއިން ނޮމިނޭޓުކޮށްފައިވާ ބްރޭންޑުތައް:
ޔޫޑީއެސް
- ދަ ލީލާ ޕެލެސް
- ދަ ރޭވިޒް
- މޭރިއަޓް
- ހޮލިޑޭ އިން
- ތާޖް
- ކޯޓް ޔާޑު
- ގޭޓް ވޭ
- ދަ ސޫރްޔާ
- ދެޝާދަން
- މަލާބާރް ހޮލިޑޭސް
- ސްޕައިސް ރޫޓްސް
- ޝެރެޓަން ގްރޭންޑް
- އޯކްވުޑް
- ދަ ރެޒިޑެންސީ
- އެޕޯލޯ ޑިމޯރާ
- އިބްނީ
- ވޯޓާ ވުޑްސް
- ޕޮއެޓްރީ
- ހޮވާޑް ޖޮންސަން
- ފޮރެސްޓް ކެނޮޕީ
- އެވިސް
- ރެޑިސަން
- ރުޑްރާ
- ސިޓީ ވޯކްސް
- ކޮފިލޭންޑް
- ޓްރެވެނެޓް
- ހިލްސް އެންޑް ހިއުސް
މި ބްރޭންޑުތަކަކީ އިންޑިއާގެ އެންމެ މަޝްހޫރު އަދި ދުނިޔޭގެ ފެންވަރުގައި ވެސް އެންމެ މަގުބޫލު ބްރޭންޑުތަކެކެވެ.
ހައިރައިޒްގެ ފައުންޑާ، އިސްމާއިލް ހަމީދު (ހައިރައިޒް އިއްސެ) "ސަން" އަށް ވިދާޅުވީ މިއަހަރުގެ އެވޯޑު ހަފްލާ މިދިޔަ އަހަރަށްވުރެ މާ ބޮޑަށް ކާމިޔާބު ވާނެ ކަމަށެވެ. އެކަން މިއަހަރުގެ ނޮމިނީސްއަށް ބަލައިލުމުން އެކަނިވެސް ފެނިގެންދާނެ ކަމަށް އިއްސެ ވިދާޅުވި އެވެ.
"މިއަހަރު ފޯރި ގަދަ ވާނެ ކަމާ މެދު އެއްވެސް ޝައްކެއް ނުކުރެވޭ. ސަރަހައްދީ އެންމެ ބޮޑެތި ހޮސްޕިޓާލިޓީ ބްރޭންޑުތައް ތައްޔާރުވެފައި ވަނީ ސަރަހައްދީ ފެންވަރުގައި ދޭ ސަޓާ ގެ ޓައިޓަލް ހޯދުމަށް،" އިއްސެ ވިދާޅުވި އެވެ.
އިންޑިއާގެ 28 ނޮމިނީސްއާ އެކު އެހެން ގައުމުތަކުން ނޮމިނޭޓުކޮށްފައިވާ ބްރޭންޑުތަކަށް ވޯޓު ދިނުމަށް ސަޓާގެ ވެބްސައިޓުގައި ވަނީއޮންލައިން ވޯޓިން ޕޯޓަލްއެއް ގާއިމްކޮށް މި މަހުގެ 16 ވަނަ ދުވަހުން ފެށިގެން އޮގަސްޓު މަހުގެ ނިޔަލަށް ވޯޓު ދިނުމަށް ހުޅުވާލާފަ އެވެ.
އިންޑިއާގެ އިތުރުން ނޭޕާލުން ޝަންގްރިއްލާ، މަލްބެރީ، މަނަސްލު، ފިޝްޓެއިލް އަދި ބަރަހި އަދި ވިޒިޓް ނޭޕާލް ހޮޓެލް ފަދަ ބްރޭންޑުތައް ނޮމިނޭޓް ވެފައިވާއިރު އަވަށްޓެރި ސްރީލަންލާގެ ސިނަމަން ބްރޭންޑުން އެކަނި ވެސް ހަތް ރިސޯޓެއް ވަނީ ނޮމިނޭޓް ކޮށްފަ އެވެ.
ސިނަމަންގެ ހަތް ރިސޯޓުގެ އިތުރުން ރޯޔަލް ޕާމްސް، ސޭސޭންޑްސް އަދި ކޮލޮމްބޯ ކޯޓްޔާޑް ފަދަ ބްރޭންޑްތައް ނޮމިނީސްގެ ތެރޭގައި ހިމެނެ އެވެ.
ބޫޓާން ތަށީ ނަމްގޭ ފަދަ ބްރޭންޑުތައް ވެސް މިހާރު ސަޓާއަށް ވަނީ ނޮމިނޭޓުކޮށްފަ އެވެ.
ސަޓާގައި މިއަހަރު ދެން ބައިވެރި ވަނީ ރާއްޖެއިންނެވެ. އެ ގޮތުން ރާއްޖެ އިން ނޮމިނޭޓްވެފައިވާ ބްރޭންޑުތަކުގެ ތެރޭގައި ކޮކޯ ކަލެކްޝަން، ވިލާ ހޮޓެލްސް، ލަކްސް، ޑަބްލިއު، އަމާރީ، ސެންތާރާ، ސެއިންޓް ރެޖިސް، އައުޓްރިއްގާ، ކޮކޫން، ހައިޑަވޭ އަދި ދުސިއްތާނީ ހިމެނެ އެވެ.
މީގެ އިތުރުން، ފްލައިމީ އާއި ސްކޫބާ ސްޕާ، ބެސްޓް ޑައިވް، ޑައިވް އޯޝަނަސް، ރިވެރީސް، ބަންޔާން ޓްރީ އާއި ވޮޔޭޖެސް މޯލްޑިވްސް އަދި މަޝްހޫރު އަދާރަން ބްރޭންޑުގެ ފަސް ރިސޯޓު ވަނީ ސަޓާއަށް ނޮމިނޭޓުކޮށްފަ އެވެ.