22 Jun 2017, 10:32
މިހާރު ކުރިއަށްދާ ވެޓަރަންސް ފުޓްބޯޅަ މުބާރާތުގެ ސެމީ ފައިނަލްގެ ފަހު މެޗުން ވަރުގަދަ ވެލެންސިއާ ބަލިކޮށް ފައިނަލުގެ ފަހު ޖާގަ އެންމެ ފަހުގެ ޗެމްޕިއަން ނިއުރޭޑިއަންޓުން ހޯދައިފިއެވެ.
ިނިއުއިން ފައިނަލްގެ ފަހު ޖާގަ ހޯދީ ބުދަ ދުވަހު ކުޅުނު ތިންވަނަ ސެމީ ފައިނަލުން މޮޅުވެގެންނެވެ. އެ މެޗުން ނިއު މޮޅުވީ 2-1 ގެ ނަތީޖާއަކުންނެވެ.
ތިންވަނަ ސެމީން ވެލެންސިއާ ބަލިވި އިރު މުބާރާތް ހުޅުވި މެޗުގައި ވެލެންސިއާ ވަނީ ނިއު މައްޗަށް ކުރި ހޯދައިފައެވެ.
ވެޓަރަންސް ކަޕްގެ ފައިނަލްގައި މާޒިޔާ އެއް ކޮޅުން ވާދަކުރާއިރު އެޓީމު ފައިނަަލަށް ދިޔަ މިއީ ފުރަތަމަ ފަހަރެވެ.
މާޒިޔާ އަދި ނިއު މި މުބާރާތުގެ ސެމީ ފައިނަލަށް ދަތުރު ކުރީ އެ ދެ ޓީމް ހިމެނުނު ގުރޫޕްގެ އެއްވަނަ ޓީމްގެ ގޮތުގައެވެ. މާޒިޔާއާ ނިއު ސެމީފައިނަލްގެ ފުރަތަމަ މެޗުގައި ވާދަ ކުރި އިރު އެ މެޗުން މޮޅުވީ މާޒިޔާއެވެ.
މާޒިޔާ އާއި ނިއު ކުޅޭ ފައިނަލް މެޗު އޮންނާނީ އަންނަ ހޮނިހިރު ދުވަހުގެ ހަވީރު 16:15 ގައި އެއް ނަންބަރު ޓާފް ދަނޑުގައެވެ.