ކުޑަ ފިރިހެން ކުއްޖަކާ އެއްޖިންސުން ގުޅުން ހިންގި ކަމުގެ ތުހުމަތުގައި ށ. މިލިންދޫ ސްކޫލްގެ ޓީޗަރަކު ހައްޔަރުކޮށްފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު 'ސަން' އަށް ވިދާޅުވީ މިލަންދޫއިން މިއަދު ހައްޔަރުކުރި 41 އަހަރުގެ ޓީޗަރުގެ ބަންދަށް ކޯޓުން 15 ދުވަސް ޖަހާދީފައި ކަމަށެވެ.

އެނގިފައިވާ ގޮތުގައި އެ މައްސަލާގައި މިއަދު ފުލުހުން ހައްޔަރުކޮށްފައިވަނ މިލަންދޫ ސްކޫލްގެ އިސްލާމް ޓީޗަރެވެ. އެ މައްސަލާގައި ޓީޗަރު ވަނީ މީގެ ކުރިން ސްކޫލްގެ އެއްވެސް މަސަތްކަތަކަށް ނުނުކުމުވޭ ގޮތަށް ސަސްޕެންޑްކޮށްފައެވެ.