16 Jul 2011, 13:02
އެސްޓަން ވިލާ އަށް ކުޅުމަށްފަހު ކުރިއަށް އޮތް ސީޒަނުގައި ލިވަޕޫލަށް ކުޅެން އެއްބަސްވެ، އެ ކުލަބްގެ ސްކޮޑުގައި ހިމެނިގެން ދިޔުމަކީ ރަނގަޅު ފެށުމެއް ކަމަށް އިނގިރޭސި ބައިނަލް އަޤްވާމީ ކުޅުންތެރިޔާ ސްޓްވާޓް ޑައުނިން ބުނެފި އެވެ.
މިޑްފީލްޑަރު ސްޓްވާޓް އިއްޔެ ލިވަޕޫލަށް ސޮއިކުރުމަށްފަހު މީޑިއާގައި ބުނެފައި ވަނީ، ފުޓްބޯޅާގެ ހަޔާތް ކުރިއަށް އޮތްތާނގައި އުޖާލާވެ ފައްކާވާނެ ކަމަށާއި ލިވަޕޫލަށް ބަދަލުވުމަކީ ކުރިން ވެސް ކުރަމުންއާ އުންމީދުތަކަށް ފޮނިކަމެއް ގެނެސްދިން ކަމެއް ކަމަށެވެ.
"އަހަރެން މިއަދު ވަރަށް އުފަލުން މިހުރީ. ލިވަޕޫލަކީ ކުރިން ވެސް ވަރަށް ގަޔާވާ ކުލަބެއް. އަހަރެން ޤަބޫލު ކުރަން ލިވަޕޫލްގައި ތިބީ އަހަރެންގެ ޤާތް ރަހުމަތެރިންކަން. ދެން އަހަރެންގެ ފުޓްބޯޅަ ކެރިޔާ މިހާރަށް ވުރެ އުޖާލާވެ ފައްކާ ވާނީވެސް ލިވަޕޫލްގައި ހުރުމުން،" އިނގިރޭސި ގައުމީ ޓީމަށް 27 މެޗު ކުޅެފައިވާ ޑައުނިން ބުންޏެވެ.
ބުނާގޮތުން، ލިވަޕޫލްއިން ޑައުނިންއަށް 20 މިލިއަން ޕައުން ދޭނެ އެވެ. ލިވަޕޫލުން ދޭ އަގާ މެދުވެސް ހިތް ހަމަ ޖެހޭ ކަމަށް ވެސް ޑައުނިން ވަނީ ބުނެފަ އެވެ.
ކުރިއަށް އޮތް ސީޒަނަށް ލިވަޕޫލުން ކުޅުން ތެރިން ހޯދަމުން އަންނައިރު، ބޮޑު އަގުގައި ރޯމާގެ ބްރެޒިލް ގޯލްކީޕަރު އެލެގްޒަންޑާ ޑޯނީ އާއި ބްލެކްޕޫލްގެ ކެޕްޓަން ޗާލީ އެޑަމް އާއި އިންގްލެންޑްގެ ޒުވާން މިޑްފީލްޑަރު ޖޯޑަން ހެންޑަސަން ވަނީ ގެންގޮސްފަ އެވެ.