16 Jul 2011, 12:23
މިދިޔަ ޖޫން މަހުގެ 13 ވަނަ ދުވަހު އެމްޑީޕީގެ ރައީސް ޑރ. އިބްރާހީމް ދީދީ (ޑރ. ޑީޑީ)ގެ ސްޕެޝަލް އެންވޯއީގެ މަގާމަށް އައްޔަންކުރެއްވި އަސްލަމް މުހައްމަދު ޝާކިރު އެމަގާމުން އިސްތިއުފާދެއްވައިފި އެވެ.
އެމްޑީޕީން މިއަދު ބުނީ، އަސްލަމް އެ މަގާމުން އިސްތިއުފާ ދެއްވާފައި ވަނީ ޑރ. ޑީޑީ އަށް ފޮނުއްވި އީމެއިލްއެއް މެދުވެރިކޮށެވެ.
އެ އީމެއިލްގައިވާ ގޮތުގައި އަސްލަމް އިސްތިއުފާދެއްވީ އޭނާ ސަރުކާރުގައި މިހާރު އަދާކުރައްވަމުން ގެންދަވާ މިނިސްޓަރު އޮފް ސްޓޭޓް ފޯ ފޮރިން އެފެއާޒްގެ މަސްއޫލިއްޔަތުތައް "އެންމެ ފުރިހަމަ ގޮތުގައި އަދާކުރެއްވުމަށް އިތުރު ވަގުތު ބޭނުންވާތީ" ކަމަށް އެމްޑީޕީން ބުނެ އެވެ.
އަދި ސްޕެޝަލް އެންވޯއީގެ މަގާމަށް އޭނާ އައްޔަންކުރެއްވި ކަމަށްޓަކައި ޑރ. ޑީޑީއަށް ވަރަށް ބޮޑަށް ޝުކުރުއަދާކުރައްވާ ކަމަށް ވިދާޅުވެފައިވެ އެވެ.