17 May 2010, 05:32
10:00
ބޮއްކުރައެއްގައި މަހަށް ނުކުމެ އުޅުނު ބަޔަކު ކަނޑުމަތީގައި ހާލުގައި ޖެހިފައިވަނިކޮށް ފުލުހުން ސަލާމަތްކޮށްފި އެވެ.
ފުލުހުން ބުނީ ބޮއްކުރައެއްގައި މަސްބާނަން ނުކުމެ އުޅުނު ބަޔަކު ހާލުގައި ޖެހިގެން ފުލުހުންގެ އެހީތެރިކަމަށް އެދުމުން އިއްޔެ ހަވީރު ގާތްގަނޑަކަށް ހައެއް ޖަހާ ކަންހާއިރު ހޯރަފުށި ކައިރީ އޮންނަ ފަޅުރަށާއި ދިމާލުން 300 ފޫޓް ބޭރުގައި ތިއްބާ ފުލުހުން ގޮސް އެމީހުން ސަލާމަތްކޮށްދީފައިވާ ކަމަށެވެ.
ފުލުހުން ބުނީ މިހާތަނަށް ބެލިބެލުމުން އެމީހުން ފުލުހުންގެ އެހީތެރިކަމަށް އެދިފައިވަނީ އެމީހުން މަސްބާނަން ތިބި ދިމާލަކީ ރަށާއި ބޭރަށް އޮއި ހުންނަ ދިމާލަކަށްވެފައި، މޫސުން ގޯސްވެ އެހިސާބުގެ އޮއި ބާރުވުމާއި ގުޅިގެން ރައްކާތެރިކަމާއެކު ރަށަށް އާދެވޭގޮތް ނުވުމުން ކަމަށެވެ. އަދި އެހާދިސާ ހިނގި ވަގުތު އެ ބޮއްކުރާގައި ތިން މީހުން ތިބި ކަމަށާއި އޭގެތެރޭގައި 13 އަހަރުގެ ކުޑަކުއްޖަކުވެސް ހިމެނޭ ކަމަށް ފުލުހުން ބުނެ އެވެ. އެ ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއްނުވާ ކަމަށްވެސް ފުލުހުން ބުނެ އެވެ.