20 Jun 2017, 22:05
ކަރީނާ ކަޕޫރާއި ޕްރިޔަންކާ ޗޯޕްރާ އަކީ ބޮލީވުޑް ގައި މާ ކުރިން ވެސް ދަންނަ ދެމީހުންނެވެ. މީގެ ކުރިން މި ދެ މީހުން ވަނީ އިޝްތިހާރުތަކުގައި އަދި ފިލްމުތަކުގައި އެކުގައި މަސައްކަތް ކޮށްފައެވެ.
މިފަހަކުން ކަރީނާ އާ ޕްރިޔަންކާގެ ގުޅުން ވަނީ ކުނިޖެހިފަ އެވެ. އަދި "ކަަބީ ހުށިީ ކަބީ ގަމް" ގައި ކަރީނާ އަދާކުރި ޕޫގެ ރޯލް ޕްރިޔަންކާ ސަލާމޭއިޝަގު ކުޅުނުއިރު އަސްލަކަށް ބެލި ކަމަށް ބުނެ ކޮފީވިތު ކަރަންގެ ޝޯގައި ޕްރިޔަންކާ ވަނީ ކަރީނާއަށް މަލާމަތް ކޮށްފައެވެ.
ނަމަވެސް ކަރިނާ ވަނީ މުޅިން ތަފާތު ވާހަކައެއް ދައްކާފައެވެ. ކަރީނާ ކައިރީގައި ރޭގަނޑު ތަނަކަށް ކަންގަނާ ނުވަތަ ޕްރިޔަންކާއެކު ދާންޖެހިއްޖެނަމަ ދާނީ ކާކާއެކުތޯ އެހުމުން ކަރީނާ ބުނެފައި ވަނީ ޕްރިޔަންކާއެކު ކަމަށެވެ.
"އަހަރެންނަށް އެންމެ ކަމުދަނީ ޕްރިޔަންކާ. އެހެންވީމާ ރޭގަނޑު ތަނަކަށް ދާނަމަ އަހަރެންދާނީ ޕްރިޔަންކާ ގޮވައިގެން،" ޗެޓް ޝޯއެއްގައި ވާހަކަ ދައްކަމުން ކަރީނާ ބުންޏެވެ.
ކަރީނާ މިހާރު ވަނީ ވިހެއުމަށްފަހު ބަރުދަން ލުއިކޮށް ލޫޅާފަތިވުމަށް ޓަކައި ކަސްރަތުކުރުމުގައި އަވަދި ނެތިއެވެ. އަދި އޮގަސްޓް މަހުގެ ފަހިކޮޅުގައި ސޯނަމް ކަޕޫރުއާއެކު ފަށާ ވީރުދީ ވެޑިންގެ ޝޫޓިން ފެށުމަށް ތައްޔާރުވަމުންނެވެ. ވީރުދީ ވެޑިންއަކީ އެކްތާ ކަޕޫރު އަދި ރިއާ ގުޅިގެން އުފައްދާ ފިލްމެކެވެ. އަދި މިފިލްމުގެ މަންޒަރުތައް ނެގުމަށް ހަމަޖެހިފައި ވަނީ ތައިލެންޑް، މުމްބާއީ އަދި ދިއްލީގައެވެ.
ފަހުގެ ހަބަރުތައް ބުނާ ގޮތުގައި އޮމުންގް ކުމާރު ޑައިރެކްޓް ކުރާ ބައޯޕިކް ފިލްމެއް ކަރީނާ އަށް ވަނީ ހުށައަޅާފައެވެ. ނަމަވެސް ކަރީނާ މިފިލްމް އަދި ގަބޫލު ކުރިކަމެއް އަދި އެނގި ފައެއް ނެތެވެ.