އެމޭޒަންގެ ޑިޖިޓަލް ޑައުންލޯޑްސް ސްޓޯރފްރޮންޓަށް "އެޕްސްޓޯރ" މިހެން ކިޔާ ކިޔުން ވަގުތުން ހުއްޓުވައި ދިނުން އެދިގެން އެޕަލްއިން ހުށަހެޅި ހުށަހެޅުން ފެޑެރަލް ފަނޑިޔާރަކު ރައްދު ކުރައްވައިފިއެވެ.

އެމެރިކާގެ ޑިސްޓްރިކްޓް ކޯޓް ފޯރ ނޯދަން ކެލިފޯނިޔާއަށް މިއަދު ހުށަހެޅި 18 ސަފްހާގެ ރައުޔެއްގައި ފަނޑިޔާރު ފިލިސް ހެމިލްޓަން ވަނީ އެމޭޒަންއިން އެ ނަން ބޭނުން ކުރުން ވަގުތުން ހުއްޓުވުމަށް އެޕަލްއިން އެދިފައިވާ އެދުން ރައްދުކުރައްވައިފައެވެ. އެޕަލްއިން ބުނާ ގޮތުގައި އެ ނަމުގެ މައްޗަށް އެމީހުންނަށް ޓްރޭޑްމަރކްގެ ހައްގު އެބައޮތެވެ. ހެމިލްޓަން ކަނޑައެޅުއްވި ގޮތުގައި ވާދަވެރި އެފަދަ ބްރޭންޑްތަކުގެ ސަބަބުން ދިމާވެދާނެ ކަމަކަށް ވިސްނައިގެން އަޅަން ޖެހޭ ފިޔަވަޅުތައް އެޕަލްއިން އަޅާފައެއް ނުވެއެވެ. ހަމަ އެފަދައިން އެކަމަނާ ވަނީ އެއީ ވަކި ބަޔަކަށް ހާއްސަ ނޫން، އާންމު އެއްޗެއް ކަމަށް އެމޭޒަންއިން ބުނާ ބުނުމަކީ ވެސް ސައްހަ ބުނުމެއް ނޫން ކަމަށް ނިންމަވާފައެވެ.