18 Jun 2017, 23:18
ވޭތުވެދިޔަ އަހަރުގެ ޗެމްޕިއަން ނިއުރޭޑިއަންޓް ބަލިކޮށް މާޒިޔާއިން މޯލްޑިވްސް ސޮކާ މޭޓްސްގެ ވެޓެރެންސްކަޕް ކަޕްގެ ފައިނަލުން ޖާގައެއް ހޯދައިފި އެވެ.
މިއަދު ހަވީރު އެއް ނަންބަރު ޓާފް ދަނޑުގައި ކުޅުނު އެ މެޗު މާޒިޔާއިން ކާމިޔާބުކުރީ 3-0 ގެ ނަތީޖާއަކުންނެވެ.
މާޒިޔާއިން މެޗުގައި ކާމިޔާބުކުރި ތިން ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނިީ އާފިއު މުހައްމަދު، އަހުމަދު ނާޝިދު އަދިމުހައްމަދު ޝާޒްލީ އެވެ. މެޗުގެ މޮޅު ކުޅުންތެރިއަކީ އާފިއުއެވެ.
މާޒިޔާ ފައިނަލަށް ދަތުރުކުރީ ގުރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގައެވެ. އަދި ނިއުރޭޑިއަންޓް ވެސް ސެމީން ޖާގައެއް ހޯދީ އެޓީމު ހިމެނުނު ގުރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގައެވެ.
މިއަދު ކުޅުނު މެޗުން ނިއު ބަލިވި ނަމަވެސް އެޓީމަށް އަދި ފުުރުޞަތެއް ނުގެއްލެ އެވެ. މާދަމާ ވެލެންސިއާ އަދި ދިވެހި ސިފައިންގެ ކުލަބު ކުޅޭ ސެމީ ފައިނަލް މެޗުން ކުޅެ މޮޅުވާޓީމަކާއި ދެކޮޅަށް ނުކުންނާނީ ނިއުރޭޑިއަންޓެވެ. އަދި ފައިނަލުގެ ޖާގައެއް ކަށަވަރުވާނީ އެ މެޗުން މޮޅުވާ ޓީމަކަށެވެ.