ރަމަޟާން މަސް ނިމެން ކައިރިވަނީއެވެ. ދުނިޔޭގެ ބައެއް ހިސާބުތަކުގައި ރޯދައަށް ހުންނަންޖެހޭ ވަގުތު މާ ބޮޑުތަން ދިގުވެގެންދެ އެވެ. ރަމަޟާންމަހު ގިނަ މީހުންނަށް ދިމާވާ މައްސަލައަކީ ބަނޑުގައި މާބޮޑަށް ވައިހެދުމެވެ. މިއީ ހަމަ ގޭހުގެ ސަބަބުން ވާގޮތެކެވެ. ގޭހުގެ އުނދަގުލުން ސަލާމަތްވުމަށް ރޯދަވީއްލުމަށްފަހު ކުރެވިދާނެ ކިތަންމެ ކަމެއް އެބަ ހުއްޓެވެ.

ތިރީގައި މި ދަންނަވާލަނީ ގޭހުގެ އުނދަގުލުން ސަލާމަަތްވުމަށް ބޭނުންކުރެވިދާނެ ތަފާތު ތަކެއްޗެވެ.

ސްޓޯބަރީީ

ކެޕްޝަން..

އެންމެ ފަސޭހައިން ގޭހުގެ އުނދަގުލުން ސަލާމަތްވުމަށް ބޭނުންކުރެވިދާނެ އެކައްޗަކީ ސްޓޯބަރީއެވެ. ހަތަރެއް ނުވަތަ ހަ ސްޓޯބަރީ ކާލަނިކޮށް ބަނޑަށް ވައި އަރައިގެން ދިމާވާ އުނަދަގޫތައް އިސާހިތަކު ފިލައިގެން ހިނގައި ދާނެއެވެ.

އެޕަލްސިޑް ވިނިގަރ

އެޕަލްސިޑް ވިނަގަރ އަކީ ބަނޑަށް ވައި އެރުމުން ގުދުރަތީ ފަރުވާއެއްގެ ގޮތުގައި އެންމެ ފަސޭހައިން ބޭނުންކުރެވިދާނެ އެކައްޗެވެ. އެކެއް ނުވަތަ ދޭއް މޭޒުމަތީ ސަމުސާގެ އެޕަލްސިޑް ވިނިގަރ ތާފެނާފެނާ އެއްކޮށްލުމަށްފަހު ރޭގަނޑު ކޮންމެ ވެސް ވަގުތެއްގައި ހުސްބަނޑާއެކު ބޯލާށެވެ.

ބޭކިން ސޮޑާ

ކެޕްޝަން..

ބަނޑަށް ވައި އަރައިގެން މާބޮޑަށް އުނދަގޫވާނަމަ އެންމެ ފަސޭހައިން ދެވޭނެ ފަރުވާއަކީ ބޭކިން ސޯޑާ ބޭނުން ކުރުމެވެ. ތާފެނާފެނުގެ ފެންތަށްޓެއްގެ ތެރެޔަށް ބޭކިން ސޯޑާ ނުވަތަ (ސޯޑިޔަމް ބައި ކާބަނޭޓް) އަޅާލާށެވެ. މީގެ ރަހަ ކަމުނުދާނަމަ ކުޑަ ލޮނުކޮޅެއް ނުވަަތަ ކުޑަ ލުނބޯ ހުތްކޮަޅެއް އޭގެ ތެރެޔަށް އަޅާލާށެވެ.

ކާސްޓަރ ތެޔޮ

ކެޕްޝަން..

ގިނަމީނުންނަށް ކާސްޓަރ ތެލުގެ ރަހައަަކީ ހަމަ އެއްގޮތަކަށް ވެސް ކަމުދާއެއްޗެއް ނޫނެވެ. އެހެން ނަމަވެސް ކާސްޓަރ ތެލުން ތަފާތު އެތަކެއް ތަކެއްޗެއް ފައިދާ ތަކެއް އޭގެން ލިބެއެވެ. އޭގެ ތެރޭގައި ބަނޑު ފުފި (ބްލޯޓްވެ)، ގޭސް އުފެދި އަދި ބޮޑުކަމުދިއުމުގައި ދިމާވާ މައްސަލަތަކަށް ކާސްޓަރ ތެލަކީ ވަރަށް ރަނގަޅު އެއްޗެކެވެ.

ބިޓަރ ހާރބްސް

ބަނޑު ފުފި ނުވަތަ ބްލޯޓްވުމުން އެއަށް އެންމެ މޮޅު އެއް ފަރުވާއަކީ ބިިޓަރ ހާރބސް ނުވަތަ ފަތްޕިލާވެލި ބޭނުން ކުރުމެވެ. މީގެ ސަބަބުން ބަނޑުން ހައިޑްރޮކްލޮރިކް އެސިޑް އަދި ހަޖަމްކުރުމަށްޓަކައި އެންމެ މުހިންމު އެއްޒައިމް ތައް އުފެއްދުން އިތުރު ކޮށް ހަޖަމްކުރުން ރަނގަޅުވެ އަދި ބަނޑު ފުފުމާއި އަދި ގޭސް ހެދުމުން ދުރުކޮށްދެއެވެ.

ލުނބޯހުތު ފަނި

ލުނބޯހުތް ފަންޏަކީ އޭގައި ވަރަށްގިނަ ފައިދާތަކެއް ހިމެނޭ އެއްޗެކެވެ. ގޭހުގެ ސަބަބުން ދިމާވާ އުނދަގޫ ތަކުން ދުރުކޮށް އަދި ހައިޑްރޮކްލޮރިކް އެސިޑް ބަނޑުގައި އުފައްދާމިންވަރު އިރުވެގެންދެއެވެ. ހައިޑްރޮކްލޮރިކް އެސިޑްއަކީ ކާތަކެތި ހަޖަމްވުމުގެ ކުރިން އެތި ބައިބަޔަށް ކުދިކުދި ކުރުމުގައި ވަރަށް މުހިންމު އެއްޗެކެވެ.