15 Jul 2011, 22:18
ސ. ހުޅުމީދޫ ގެއެއްގެ ފާޚާނާތެރޭގައި ބަނގުރާ ކައްކަމުންދިޔަ ކަމަށް ބެލެވޭ މީހަކު ފުލުހުން ހައްޔަރުކޮށްފި އެވެ. ފުލުހުންނަށް ލިބުނު ރިޕޯޓަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި އެ މީހާ ހައްޔަރުކޮށްފައި ވަނީ މިއަދު މެންދުރު ހުކުރު ވަގުތު އެވެ.
ފުލުހުން ބުނީ ފާހާނާއެއްގެ ތެރެއިން ހައްޔަރުކުރީ 46 އަހަރުގެ މީހެއް ކަމަށާއި ފުލުހުން އޭނާ ހައްޔަރު ކުރަން އުޅުމުން ފުލުހުންގެ ވާޖިބަށް ހުރަސްއަޅައި ނުކިޔަމަންތެރިކަން ދައްކާފައިވާ ކަމަށެވެ.
އަދި ބުނީ ފުލުހުން އެގޭ ފާޚާނާ ޗެކްކުރިއިރު ބަނގުރާ ކައްކަން ބޭނުންކުރާ ސާމާނުގެ އިތުރުން ބަނގުރާ ކަމަށް ތުހުމަތުކުރެވޭ އެއްޗެއް އަޅާފައިހުރި ހަތަރު ލީޓަރުގެ ފުޅިއަކާއި 500 އެމްއެލްގެ ފުޅިއެއް ވެސް ފެނުނު ކަމަށެވެ. ފުލުހުން ދަނީ މި މައްސަލަ އިތުރަށް ބަލަމުންނެވެ.