ހައިކޯޓުގެ ފަނޑިޔާރުންގެ އަދަދު ނުވައަކުން 11 އަށް ބަދަލުކުރަން ކޯޓުތަކާ ބެހޭ ރައްޔިތުންގެ މަޖިލީހުން ގެނައި އިސްލާހު ރައީސުލްޖުމްހޫރިއްޔާ މިއަދު ތަސްދީގު ކުރައްވައިފިއެވެ.

މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާހު ހުށަހެޅުއްވި އިސްލާހު މަޖިލީހުން ފާސްވީ 43 މެމްބަރުންގެ ވޯޓާ އެކު އެވެ. އެ އިސްލާހާ ދެކޮޅަށް ވޯޓު ދީފައިވަނީ 29 މެމްބަރުންނެވެ.

ކޯޓު ތަކާ ބެހޭ ގާނޫނުގެ 17 ވަނަ މާއްދާއަށް ގެނައި އިސްލާހުގައިވާ ގޮތުގައި ވާގޮތުން އެކޯޓަށް އައްޔަން ކުރެވޭނީ 11 ފަނޑިޔާރުންނެވެ. އަދި ފަނޑިޔާރުންގެ އަދަދު އިތުރުކުރި ނަމަވެސް މިހާރު ތިބި ފަނޑިޔާރުން މަގާމުގައި ތިބޭނެ ކަމަށް އިސްލާހުގައި ވަނީ ބުނެފަ އެވެ.

އެ ބިލް ތަދްސީގު ކުރެއްވުމާއެކު މިހާރު ވަނީ ސަރުކާރުގެ ގެޒެޓްގައި ޝާއިއުކޮށްފައެވެ.

ފަނޑިޔާރުންގެ އަދަދު ހަމަ ކުރުމަށް އިތުރު ފަނޑިޔާރުން އައްޔަން ކުރުމުގެ މަސައްކަތް އިސްލާހު ގެޒެޓް ކުރާތާ ތިން މަސްދުވަހުގެ ތެރޭގައި ތިން މަސް ދުވަސް ތެރޭގައި ކޮށް ނިންމަން ޖެހޭނެ ކަމަށް އިސްލާހުގައި ބުނެފައިވެ އެވެ.

މާލޭގެ އިތުރުން ރާއްޖޭގެ އުތުރާއި ދެކުނުގައި ގާއިމް ކޮށްފައިވާ ގޮފިތަކަށް އައްޔަން ކުރާނީ 11 ފަނޑިޔާރުންގެ ތެރެއިން ކޮންމެ ގޮތްޕަކަށް ތިން ފަނޑިޔާރުން ކަމަށް ވެސް އިސްލާހުގައި ވަނީ ބުނެފަ އެވެ.

މިހާރު ހައިކޯޓުގައި ތިއްބެވީ ހަތް ފަނޑިޔާރުންނެވެ. އިތުރު ދެ ފަނޑިޔާރުން ހޯދުމަށް ވަނީ އިއުލާނު ކޮށްފަ އެވެ.