17 Jun 2017, 15:20
ރިސޯޓެއްގެ ކޮޓަރިއެއް ތެރޭގައި ދިވެއްސަކު މަރުވެފައި އޮއްވައި ފެނިއްޖެ އެވެ.
އެމީހާ ފެނިފައި ވަނީ ސަން އައިލެންޑް ރިސޯޓުގެ ރޫމްގެ ތެރެއިން ނެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މަރުވެފައި އޮއްވާ ފެނިފައި ވަނީ، ޑައިވިން އިންސްޓްރަކްޓެއް ކަމުގައިވާ އުމުރުން 34 އަހަރުގެ ހުސައިން ޝަފާޒް، ބ. ގޮއިދޫ، އަތިރީގެއެވެ.
ފުލުހުން ބުނީ އޭނާ މަރުވެފައި އޮއްވައި ފެނިފައި ވަނީ އޭނާގެ ހަބަރެއް ނުވެގެން ކޮޓަރިތެރެ ބެލުމުން ކަމަށެވެ.
ފުލުހުން ބުނީ އެމީހާ މަރުވި ކަމުގެ ރިޕޯޓު ފުލުހުންނަށް ލިބިފައި ވަނީ ރޭ 21:30 ހާއިރު ކަމަށެވެ.