ހއ. އިހަވަންދޫގައި ހިންގާ އައިސް ޕްލާންޓެއްގެ ތެރެއިން ދިވެއްސަކު މަރާލާފައި އޮއްވައި ފެނުނު މައްސަލާގައި ހަތަރު ބިދޭސީއަކު ހައްޔަރުކޮށްފި އެވެ.

މަރާލާފައި އޮއްވައިއިއްޔެ ހަވީރު ފެނުނީ އެފެކްޓްރީގެ މެކޭނިކަކަށް އުޅޭ ޅ. ހިންނަވަރު، އިސްމާއިލް އުމަރު، 54، އެވެ.

މަރާލާފައި އޮއްވައި ފެނުނު އިސްމާއިލް އުމަރު، 54،-- ސަން ފޮޓޯ: ކިޔުންތެރިއެއް

އެމައްސަލާގައި ފުރަތަމަ ހައްޔަރުކުރީ އޭނާއާ އެކު އެތަނުގައި މަސައްކަތްކުރާ ބިދޭސީމީހާ އެވެ. އޭނާ ހައްޔަކުރީ ހދ.ކުޅުދުއްފުށީގައި ފިލައިގެން އުޅެނިކޮށެވެ.

ސަން އަށް އެނގިފައިވާ ގޮތުގައި ފަހުން ހައްޔަރުކުރި ހަތަރު ބިދޭސީންނަކީ އިހަވަންދޫގައި އެކިއެކި މަސައްކަތްކޮށް އުޅޭ މީހުންނެވެ.

މިފްކޯއިން ހިންގާ އައިސްޕްލާޓްގައި މަސައްކަތްކުރަނީ ހަތަރު ދިވެހިންނާއި އެއް ބިދޭސީއެކެވެ. އޭގެ ތެރެއިން މަރާލާފައި އޮއްވައި ފެނުނު އިސްމާއިލް އާއި އެ މައްސަލާގައި ފުރަތަމަ ހައްޔަރުކުރި ބިދޭސީ މީހާ އަކީ އެކުގައި އެއްތަނެއްގައި ނިދާ އުޅުނު ދެ މީހުންނެވެ.

އިސްމާއިލް މަރާލާފައިވަނިކޮށް އިއްޔެ ފެނިފައިވާ އިރު އޭނާގެ ހަށިގަނޑަށް ބޮޑެތި ޒަހަމްތަކެއް ވަނީ ދީފަ އެވެ. ކަރުގައި އެއްޗެއް އަޅުވައި ބާރުކުރުމުގެ ސަބަބުން ކަރުވަނީ ވަރަށް ބޮޑަށް ޒަހަމްވެފަ އެވެ.