މަރާލާފައި އޮތް މީހާކު ހއ. އިހަވަންދޫގައި ހިންގާ އައިސް ޕްލާންޓެއްގެ ތެރެއިން ފެނުނު މައްސަލާގައި އެތަނުގައި މަސައްކަތް ކުރާ ބިދޭސީއަކު މިއަދު ހައްޔަރުކޮށްފި އެވެ.

ފުލުހުން ހައްޔަރު ކުރި ބިދޭސީ މީހާއަކީ އެ ރަށު އައިސް ޕްލާންޓުގައި މަސައްކަތް ކުރާ ހަތަރު މުވައްޒަފުންގެ ތެރެއިން، އެތަނުގައި މަސައްކަތް ކުރާ ހަމައެކަނި ބިދޭސީ މީހާ އެވެ. އޭނާގެ އިތުރުން ދެން އެތަނުގައި މަސައްކަތް ކުރަނީ ހަތަރު ދިވެހިންނެވެ.

މަރާލާފައި އޮއްވާ އެތެނުގެ ތެރެއިން މިއަދު ހަވީރު ފެނުނު ޅ. ހިންނަވަރު، އިސްމާއިލް އުމަރު، 54، އަކީ ވެސް އެތަނުގައި މަސައްކަތް ކުރާ މުވައްޒަފެކެވެ.

ފުލުހުން ވެސް ވަނީ އެ މައްސަލާގައި ބިދޭސީއަކު ހައްޔަރުކޮށްފައިވާކަން ކަށަވަރުކޮށްދީފަ އެވެ. ނަމަވެސް ތަފްސީލެއް ހާމައެއް ނުކުރެ އެވެ.

އިހަވަންދޫގައި ހިންގާ އައިސް ޕްލާންޓަކީ މިފްކޯއިން އެ ރަށުގައި ހިންގާ ތަނެކެވެ.