ހއ. އިހަވަންދޫގައި ދިވެއްސަކު މަރާލާފައި އޮއްވާ ފެނިއްޖެ އެވެ.

ސަން އަށް އެނގިފައިވާ ގޮތުގައި މަރާލާފައި އޮށްވައި ފެނިފަ އިވަނީ ޅ. ހިންނަވަރު، އިސްމާއިލް އުމަރު، 54، އެވެ. އޭނާއަކީ އިހަވަންދޫ އައިސްޕްލާންޓުގެ މެކޭނިކެވެ.

އޭނާ މަރާލާފައި އޮއްވައި ފެނިފައި ވަނީ މިއަދު ހަވީރު 4:15 ކަންހާއިރު އައިސްޕަލާންޓް ތެރޭންނެވެ.

މިފްކޯއިން ހިންގާ އެ އައިސް ޕްލާންޓަކީ ދިވެހި ހަތަރު މުވައްޒަފުންނާއި ބިދޭސީ މުވައްޒަފަކު މަސައްކަތްކުރާ ތަނެކެވެ.

ފުލުހުން އަންނަނީ އެ މައްސަލަ ތަހުގީގު ކުރަމުންނެވެ. މިހާތަނަށް މީހަކު ހައްޔަރުކޮށްފައިވާކަމުގެ މައުލޫމާތެއް ނުލިބެއެވެ.