Back
Nov 23, 2025 SUN
SUN

ފުރަމޭ ދޭނެ މީހަކުވެއްޖެ، އެދެނީ އެހީއަކަށް

ފުރަމޭ ދޭނެ މީހަކުވެއްޖެ، އެދެނީ އެހީއަކަށް
Lead photo

އޭނާގެ ޒިންމާއަކީ ބަލި މީހުން އެއްތަނުން އަނެއް ތަނަށް ގެންދިއުމެވެ. ރެއެއް ދުވާލެއް ނެތި އޭނާ އުޅެމުންދިޔައީ އެ ޒިންމާ އުފުލުމުގައެވެ. އެއީ ރ. މީދޫ، ފުނަމާގެ، ހުސެއިން ފަޔާޒް، 41،ގެ ވަޒީފާއެވެ. އޭނާއަކީ އެރަށު ސިއްހީ މަރުކަޒުގެ އެމްބިއުލާންސް ޑްރައިވަރެވެ. ދުވަސްތައް އެގޮތުގައި ހޭދަކުރަމުން ދަނިކޮށް 2014 ވަނަ އަހަރު ތެރޭގައި ފައިދުޅަވުމުގެ މައްސަލަ އޭނާއަށް ކުރިމަތިވިއެވެ. ހަމައެއާއެކު ނޭފަތުން ލޭއަންނަން ފެށިއެވެ.

"އަޅުގަނޑުގެ މިކޮޅު ޑޮކްޓަރަށް ދެއްކިން، އުނގޫފާރަށް ދައްކައިފިން، އައިޖީއެމްއެޗަށް ދެއްކީމަވެސް ދުޅަމަޑެއްނުވޭ. ބުނަނީ ގޯލްބުލަޑާގައި ހިލަކޮޅެއް އިންނަނީއޭ،" ހުސެއިން ބުންޏެވެ.

ސްކޫލުގައި ތައުލީމް ހާސިލްކުރަމުންދާ ދެ ކުދިންގެ ބައްޕަ ހުސެއިން މިދިޔަ އަހަރު ފަހުކޮޅު އިންޑިއާގެ ޓްރިވެންޑްރަމަށް ދިޔައެވެ. ޓްރިވެންޑްރަމްގައި ހެދި ޓެސްޓަކުން އެނގުނީ އޭނާގެ "ލިވަރ" ނުވަތަ ފުރަމޭގައި މައްސަލަތަކެއް އުޅޭ ކަމެވެ. އޭގެ ފަހުންވެސް ދެ ފަހަރެއްގެ މަތިން އޭނާ ވަނީ އިންޑިއާއިން ފަރުވާ ހޯދައިފައެވެ.

ފުރަމޭގައި ޓިއުމަރެއް

އިންޑިއާގެ ޑޮކްޓަރުން ބުނާގޮތުން އޭނާއަށް ޖެހިފައިވަނީ "ކްރޮނިކް ލިވަރ ޑިޒީސް އެންޑް ހެޕަޓޮސެލިއުލަރ ކަސިނޯމާ" ކިޔާ ބައްޔެކެވެ. އޭގެ ސަބަބުން ފުރަމޭގެ ޓިޝޫތައް ހަލާކުވެއެވެ.

ހަމައެހެންމެ ފުރަމޭގައި ޓިއުމަރެއް އިނުމުގެ ސަބަބުން ކެންސަރަށް ޓެސްޓްކުރުމަށާއި އަވަހަށް ފަރުވާ ހޯދުމަށް ޑޮކްޓަރުން ވަނީ ލަފާދީފައެވެ.

"ލިވާގައި ޓިއުމަރެއް އިންނަނީ. ޑޮކްޓަރު ބުނީ ލިވާގެ 30 ޕަސެންޓް ބަދަލުކުރަންޖެހޭ،" ހުސެއިން ބުންޏެވެ.

ޑޮކްޓަރުންގެ ލަފަޔަކީ އޭނާގެ ފުރަމޭގެ ބައެއް ބަދަލު ކުރުމެވެ. ފުރަމެއަކީ އެހެން މީހެއްގެ ފުރަމެއިން ބައެއް ލެއްވުމުންވެސް އަމިއްލަ ޒާތުގައި އުފެދޭގުނަވަނެކެވެ. ހުސެއިން ބުނިގޮތުގައި އޭނާގެ ކޮއްކޮއެއް ހުރީ އެ ކޮއްކޮގެ ފުރަމޭ ދިނުމަށްތައްޔާރަށެވެ. ބޭނުންވަނީ ފައިސާގެ އެހީތެރިކަމެކެވެ.

އެ އޮަޕަރޭޝަނަށް އެކަނިވެސް 45000 ޑޮލަރު (6939000 ރުފިޔާ) ހަރަދުވާނެ ކަމަށް ޑޮކްޓަރުން ބުނެއެވެ. އާސަންދަ ލިބޭނެ ކަމުގެ ޔަގީންކަން އޮތްނަމަވެސް އަތުން ކުރަންޖެހޭ ހަރަދުވެސް ބޮޑު ކަމަށް ހުސެއިން ބުންޏެވެ. އޭނާގެ އެދުމަކީ ދީލަތި އެހީތެރިކަމެކެވެ.

"ފައިސާ ހުރިހާވެސް ދައްޗަކީ. އެހީތެރިކަމެއް ލިބިގެން މިކަން ވާންއޮތީ. ހަ ރޯދަ ނިންމާފަ އޮޕަރޭޝަނަށް ދެވޭތޯ މިމަސައްކަތް ކުރަނީ،" ހުސެއިން ބުންޏެވެ.

އެހީތެރިވުމަށް:

ހުސެއިން: 7706570

އެކައުންޓް:

‎7717 109726 101 ހުސެއިން ފަޔާޒް

ނޯޓް: ސަންގެ މި ސެގްމެންޓްގެ ދަށުން ގެނެސްދޭ ފަރާތްތަކަށް އެހީތެރިވުމުގެ ކަންކަން އެ އާއިލާއާ ގުޅިގެން ކުރިއަށް ގެންދިއުން އެދެމެވެ. ފައިސާގެ އެއްވެސް ކަމެއްގައި ސަން އިން ބައިވެރިއެއް ނުވާނެއެވެ. ސީދާ އާއިލާއަށް އެހީތެރިވެ ދެއްވާށެވެ.

އެހީތެރިކަމަށް އެދޭ ފަރާތްތަކުން ސަން ކުލުނުގައި ބައިވެރިވުމަށް9992747ނުވަތަ9982747އަށް ގުޅައިގެން ކުރިއަށް ގެންދެވުން އެދެމެވެ.

ތަންތީގައި އެއްބަސް

މި ޚަބަރު ބައިވެރިކޮށްފި ތަންތީގައި ހުޅުވާ އެއްބަސްތަކެއް.

Back to feed

Browse topics