15 Jun 2017, 16:02
ތެލުން ނަގާ ޑިއުޓީ 10 ޕަސެންޓުން ފަސް ޕަސެންޓަށް ކުޑަ ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ފާސް ކުރި ބިލް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު މިއަދު ތަސްތީގު ކުރައްވައިފި އެވެ.
ރާއްޖޭގެ އެކްސްޕޯޓް އިމްޕޯޓްގެ ގާނޫނަށް 14 ވަނަ އިޞްލާޙު ގެނައުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ ތަސްދީގު ކުރައްވުމާ އެކު މިއަދު ވަނީ ގެޒެޓްކޮށްފަ އެވެ.
ރައީސް އޮފީހުން ބުނީ ބިލް ރައީސް ތަސްދީގު ކުރެއްވުމާއި މިއަދުން ފެށިގެން އެ އިސްލާހަށް އަމަލުކުރަން ފަށާނެ ކަމަށެވެ.
އެ އިސްލާހު މަޖިލީހުން ފާސްކޮށްފައި ވަނީ އިއްޔެގެ ޖަލްސާގައި ބައިވެރިވެވަޑައިގެން 73 މެމްބަރުންގެ އަޣުލަބިއްޔަތުންނެވެ.