15 Jun 2017, 15:14
މިނިވަން ޗެމްޕިއަންޝިޕްގެ ފައިނަލް ބުރު ބޭއްވުމަށް ފައިނަލް ބުރަށް ދަތުރުކުރި ހަ ރަށަކުން ޝައުގުވެރިކަން ފާޅުކޮށްފި އެވެ.
އެ މުބާރާތުގެ ދެވަނަ ބުރު ދެ ރަށެއްގައި ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވާ އިރު އެފްއޭއެމް އިން ވަނީ މީގެ ކުރިން އެ މުބާރާތުގެ ފައިނަލް ބުރު ބާއްވަން ބޭނުންވާ ރަށްތަކަށް އެ ފުރުޞަތު ހުޅުވާލައިފަ އެވެ.
މޯލްޑިވްސް ފުޓްބޯލް އެސޯސިއޭޝަން (އެފްއޭއެމް) އިން ބުނީ އެ މުބާރާތުގެ ފައިނަލް ބުރު ބޭއްވުމަށް ޝައުގުވެރިކަން ފާޅުކޮށްފައި ވަނީ ހދ. ކުޅުދުއްފުށި ބ. އޭދަފުށި، ތ. ތިމަރަފުށި ދ. ކުޑަހުވަދޫ . ގދ. ތިނަދޫ އަދި އައްޑޫ ސިޓީ އެވެ.
އެފްއޭއެމް އިން ބުނީ މުބާރާތް ބާއްވާ ތަނެއް ކަނޑައަޅާނީ ރަށްރަށުން ހުށައަޅާފައިވާ ޕުރޮޕޯސަލްތަކަށް ބެލުމަށް ފަހުގައި ކަމަށެވެ. އެފްއޭއެމްގެ ހާއްސަ ޓީމުތަކެއް މުބާރާތް ބާއްވާ ރަށްރަށް މިހާރު ޒިޔާރަތް ކުރަމުންދާ އިރު އެ ޓީމުން ފައިނަލް ބުރު ބާއްވަން ޝައުގުވެރިކަން ފާލުކޮށްފައިވާ ރަށްރަށުގެ ދަނޑުތަކާއި އެހެނިހެން އިންތިޒާމްތައް ބެލުމަށް ވަނީ ހަމަޖެހިފަ އެވެ.
މިނިވަން ޗެމްޕިއަންޝިޕްގެ ފައިނަލް ބުރަށް އަށް ޒޯނަކުން އަށް ޓީމު ދަތުރުކޮށްފައިވާ އިރު ފައިނަލް ބުރު ފަށާނީ އަންނަ މަހުގެ 5 ވަނަ ދުވަހު އެވެ.