15 Jun 2017, 13:28
ރޯދަ ހަދިޔާއެއްގެ ގޮތުން ށ.ފުނަދޫ ގޭބިސީތަކުގެ ކަރަންޓް ބިލުގެ އެއް ބައި ދައްކައި ދިނުމަށް އެރަށު ކައުންސިލްއިން ނިންމައިފިއެވެ.
އެރަށު ކައުންސިލް ރައީސް އަހުމަދު އިބްރާހިމްފުޅު މިއަދު ސަން އަށް ވިދާޅުވީ އެރަށުގެ 475 ގޭބިސީގެ ފުރަތަމަ 300 ޔުނިޓަށްވާ ފައިސާ ކައުންސިލް ބަޖެޓުން ދައްކައި ދިނުމަށް މިއަދު ފާސްކޮށްފައިވާ ކަމަށެވެ.
ރައްޔިތުންގެ އިންޖީނުގެއެއް ހިންގާ އެރަށުގެ 300 ޔުނިޓަށް 895 ރުފިޔާ ދައްކަންޖެހެއެވެ.
އަހުމަދު ވިދާޅުވީ އެބިލްތަށް ދެއްކުމަށް ފާސްކޮށްފައިވަނީ ކައުންސިލް ބަޖެޓުން ހަތަރު ލައްކަ ފަންސަވިސް ހާހުގެ ބަޖެޓެއް ކަމަށެވެ.
ރޯދަމަހާއި ގުޅިގެން ރައްޔިތުންނަށް އިނާއަތްތައް ދިނުމުގެ ގޮތުން ރަށު ކައުންސިލްތަކުންނާއި ދާއިރާގެ މެމްބަރުން އެފަދަ އިނާއަތް ދިނުމަކީ ފަހަކަށް އައިސްކޮށް އުޅޭ ކަމެކެވެ.