15 Jun 2017, 14:34
މިހާރު ކުރިއަށްދާ ވެޓަރަންސް ކަޕްގައި އިއްޔެ ހަވީރު ނިއުރޭޑިއަންޓާއި ގްރީން ސްޓްރީޓް ބައްދަލު ކުރި މެޗުން ނިއު ކުރި ހޯދައިފިއެވެ.
ނިއުރޭޑިއަންޓުން އެ މެޗު ކާމިޔާބުކުރީ 3-1 ގެ ނަތީޖާއަކުންނެވެ.
އެއް ނަންބަރު ޓާފް ދަނޑުގައި ކުޅުނު އެ މެޗުގައި ފުރަތަމަ ލަނޑެއް ޖަހައި ލީޑް ނެގީ ގްރީން ސްޓްރީޓުންނެވެ. މެޗުގެ 50 ވަނަ މިނިޓްގައި އެ ލަނޑު ކާމިޔާބުކޮށްދިނީ އެޓީމުގެ ޖާޒީ ނަންބަރު 9 ހުސެއިން ރަޝީދުއެވެ.
ނިއުއިން ނަތީޖާ ހަމަހަމަ ކުރީ އޭގެ ހަ މިނިޓް ފަހުންނެވެ. އެ ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ މެޗުގެ މޮޅު ކުޅުންތެރިއާ މުހައްމަދު ޒިޔާދުއެވެ. ނިއުއިންވަނީ އިތުރު ލަނޑެއް 61 ވަނަ މިނިޓްގައިވެސް ކާމިޔާބުކޮށްފައެވެ. އެ ލަނޑުވެސް ޖެހީ ޒިޔާދެވެ.
މޮޅަށް ކުޅެމުންދިޔަ ނިއުއިން އިތުރު ލަނޑެއް ކާމިޔާބުކުރީ މެޗުގެ 63 ވަނަ މިނިޓްގައެވެ. އެ ލަނޑު ކާމިޔާބުކޮށްދިނީ އަލީ ޝާމީމެވެ.
މީގެ ކުރިން މި ގުރޫޕްގައި ގްރީން ސްޓްރީޓްވަނީ ވެލެންސިއާ އަތުންވެސް ބަލިވެފައެވެ.