15 Jun 2017, 12:07
ސޯމާލިއާގައި ދިން ބޮމުގެ ހަމަލާއެއްގައި 19 މީހުން މަރުވެއްޖެއެވެ.
އެ ހަމަލާދީފައި ވަނީ ސޯމާލިއާގެ ވެރިރަށް މޮގަދިޝޫގައި ހުރި ހޮޓަލަކާއި އެތަނުގެ ކުރިމަތީގައި ހުރި ރެސްޓޯރެންޓަކަށެވެ.
ސޯމަލިއާގެ ސްޓޭޓް ޕޮލިސް އޮފިސަރ، އަބްދު ބަޝީރު ރޮއިޓާސް އަށް ވިދާޅުވީ ދީނީގޮތުން ހަރުކަށި ފިކުރުގެ ޖަމާޢަތަކަށް ނިސްބަތްވާ ފަސް މީހުން ރެސްޓޯރެންޓްގައި ތިބި މީހުން އެތައް އިރެއްވަންދެން ރަހީނުކޮށްފައިވާ ކަމަށެވެ.
އޭނާ ވިދާޅުވީ ހަތިޔާރު ހިފައިގެން ތިބި އެ ފަސް މީހުންވެސް ސޮމާލީ ސެކިއުރިޓީ ފޯސް އިން މަރާލައިފައިވާ ކަމަށެވެ.
ސޮމާލީ ސެކިއުރިޓީ ފޯރސް އިންވަނީ މެންދަމުގެ ވަގުތެއްގައި އެހަމަލާ ކޮންޓްރޯލް ކޮށްފައެވެ.
މަސްދަރު: ރޮއިޓާރސް