ނުވަ ވަނަ "ދުންތަރި މަނިކު މެމޯރިއަލް ޓޭބަލް ޓެނިސް ޗެމްޕިއަންސްޝިޕް"ގެ ޗެމްޕިއަންކަން "ބުލޫ ފަޔަރ" އިން ހޯދައިފިއެވެ.

ރޭ ކުޅުނު ފައިނަލް މެޗު ކާމިޔާބުކޮށް، ޒީސްތުގެ ކެެޕްޓަން ކަމުގެ ދަށުން ކުޅުނު ބްލޫ ފަޔަރއިން އެއްވަނަ ހޯދީ ވާދަވެރި އޮރެންޖް ކްރަސްޓީސް ބަލިކޮށްގެންނެވެ.

ބްލޫ ފަޔަރ ފައިނަލާ ހިސާބަށް ދަތުރުކުރީ ބުލޫ ސްމެޝާސް 5-4 އިން ސެމީ ފައިނަލްގައި ބަލިކޮށްގެންނެވެ. އޮރެންޖް ކްރަސްޓީސް ފައިނަލަށް ދިޔައީ ސެމީފައިނަލްގައި ރެޑް ސްޕިނާސް ބަލިކޮށްގެންނެވެ.

މަރްހޫމް ދުންތަރި އިބްރާހިމްމަނިކުގެ ހަނދާނުގައި ކުރިއަށްގެންދިޔަ މުބާރާތުގެ ވަނަވަނައަށް ދިޔަ ފަރާތްތަކަށް ރޭ އިނާމް ދީފައިވާއިރު އެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެވީ އަދީލް ޖަލީލާއި ޔޫސުފް ހަލީމެވެ.

ޖުމުލަ އަށް ޓީމް ވާދަކުރި އެ މުބާރަތުގައި 72 ކުޅުންތެރިންވަނީ ބައިވެރިވެފައެވެ.