Back
Nov 23, 2025 SUN
SUN

ބްރިޖު: ކަނޑުގައި ޖަހާ ތަނބުތަކުގެ ތެރެއިން ފުރަތަމަ ތަނބު ފެން މައްޗަށް!

ބްރިޖު: ކަނޑުގައި ޖަހާ ތަނބުތަކުގެ ތެރެއިން ފުރަތަމަ ތަނބު ފެން މައްޗަށް!
Lead photo

މާލެ އާއި ހުޅުލެއާ ދެމެދު އަޅަމުންދާ ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބުރިޖުގެ މައި ތަނބުތަކުގެ ތެރެއިން ކަނޑުގައި ޖަހާ ތަނބެއް ފެނުން މައްޗަށް އަރައިފި އެވެ.

މީގެ ކުރިން ބުރިޖުގެ ތަނބުތައް ފެނުން މައްޗަށް އަރާފައިވާ އިރު އެތަނބުތަކަކީ އެޕްރޯޗް ބުރިޖްގެ ތަނބުތަކެވެ. އެއީ ބުރިޖު ފެށޭ ހިސާބުގައި ހުންނަ ތަނބުތަކެވެ.

ހައުސިން މިނިސްޓްރީގެ މީޑިއާ ކޮންސަލްޓެންޓް އަހުމަދު ފަޒާލް ހުސެއިން މިއަދު ސަން އަށް ވިދާޅުވީ އެންމެ ފަހުން ފެނުން މައްޗަށް އެ ފެންނަން ފެށީ ކަނޑުގައި އަޅާ މައި ތަނބެއްގެ ތެރެއިން ތަނބެއް ކަމަށެވެ.

މެއިން ބުރިޖުގެ 35 ތަނބު އަޅާ އިރު އެޕްރޯޗް ބުރިޖުގެ 88 ތަނބު އަޅަ އެވެ.

ހައުސިންގް މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވި ގޮތުގައި ބުރިޖުގެ ހުރިހާ ތަނބެއް މިއަހަރު ނިމުމުގެ ކުރިން ލޮނުގަނޑުން މައްޗަށް އަރައި، ލޯތަކަށް ފެންނަން ފަށާނެ އެވެ.

ބުރިޖުގެ މަސައްކަތް ކުރިއަށްދަނީ ތާވަލް ކުރި ގޮތަށް ކަމަށާއި 2018ގެ ސެޕްޓެމްބަރު މަހުގެ ކުރިން ބުރިޖު ބޭނުން ކުރަން ފެށޭނެ ކަމަށް ހައުސިން މިނިސްޓަރު މުއިއްޒު ވިދާޅުވި އެވެ.

ތަންތީގައި އެއްބަސް

މި ޚަބަރު ބައިވެރިކޮށްފި ތަންތީގައި ހުޅުވާ އެއްބަސްތަކެއް.

Back to feed

Browse topics