Last Updated:
8 year 5 month ago

ފުރިހަމަ ވަގުތު: ބޫޓާން 0-2 ރާއްޖެ

    ބުލޮގު ޚުލާސާ

    އޭއެފްސީ އޭޝިއަން ކަޕް ކޮލިފިކޭޝަންގައި ބޫޓާނާ ދިވެހިރާއްޖެ ބައްދަލުކުރާ މެޗުގެ ލައިވް ކަވަރޭޖަށް މަރުހަބާ.

    މިއަދު ގެ މެޗަށް މިދެޓީމު ނުކުންނައިރު، މީގެ ކުރީން މި ދެޓީމު ވަނީ ޖުމުލަ 8 ފަހަރު ވާދަކޮށްފައި. މި އަށްފަހަރު ވެސް ރާއްޖޭން ވަނީ ބޫޓާނުގެ މައްޗަށް ކުރި ހޯދައި 100 އިންސައްތަ މޮޅުވުމުގެ ރެކޯޑެއް ގާއިމުކޮށްފައި.

    ފާހަގަކޮށްލެވޭ ޕޮއިންޓްތައް:

    • މި ދެޓީމު ފުރަތަމަ ބައްދަލުވީ 1984ގެ ސައުތު އޭޝިއަން ފެޑެރޭޝަން (ސާފް) ގޭމްސްގައި. އެފަހަރު ރާއްޖެ މޮޅުވީ، 1-0 ލަނޑުން.
    • ނޭޕާލްގެ ކަތުމަންޑޫގައި ބޭއްވި ފުރަތަމަ ސާފް ގޭމްގައި ދެފަހަރެއްގެ މަތީން މި ދެޓީމު ވާދަކޮށްގެން ވެސް ރާއްޖެ ވަނީ 1-0 ލަނޑުން މޮޅުވެފައި.
    • ދެން މިދެޓީމު އެންމެ ފުރަތަމަ ބައްދަލުވީ 2003 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި. އެފަހަރު ރާއްޖެ ވަނީ 6-0 ލަނޑުގެ ތަފާތު ބޮޑު ނަތީޖާއަކުން މޮޅުވެފައި.
    • އޭގެ ފަހުން 2009 ވަނަ އަހަރު އޭއެފްސީ ޗެލެންޖް ކަޕްގައި މިދެ ޓީމު ވާދަކޮށް ރާއްޖެ ވަނީ 5-0ގެ ނަތީޖާއަކުން ކުރިހޯދާފައި.
    • ކަތުމަންޑޫގައި 2013 ވަނަ އަހަރު ބޭއްވި ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ވަނީ 8-2ގެ ތަފާތުބޮޑު ނަތީޖާއަކުން މޮޅުވެފައި.
    • ބޫޓާން ކޮޅަށް އެންމެ ފުރަތަމަ ހެޓްރިކެއް ހެދި ދިވެހި ކުޅުންތެރިއަކީ، އަލީ ޝީހާމް. އެއީ 2003 ވަނަ އަހަރު ބަންގާޅުގައި ކުޅު ސާފް ޗެމްޕިއަންޝިޕްގެ ގްރޫޕް ސްޓޭޖްގައި. އެ މެޗުން ރާއްޖެ މޮޅުވީ 6-0 ލަނޑުން.
    • ރާއްޖޭގެ ކުރީގެ ކެޕްޓަން އަލީ އަޝްފާޤު (ދަގަނޑޭ) ވަނީ، 2013 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި ބޫޓާން ކޮޅަށް 4 ލަނޑު ޖަހާފައި. އެ މެޗުން ރާއްޖެ މޮޅުވީ 8-2 ލަނޑުން.
    • މި ދެޓީމުގެ މެދުގައި އެންމެ ބޮޑު ވާދަވެރިކަމެއް ފެނިގެން ދިޔަ މެޗަކީ، 2015 ވަނަ އަހަރު، ފީފާ ވޯލްޑް ކަޕް ކޮލިފިކޭޝަންގައި ބޫޓާނުގައި ކުޅުނު މެޗު. އެ މެޗުން ރާއްޖެ މޮޅުވީ 3-4 ލަނޑުން.
    • މި ދެޓީމު އެންމެ ފަހުން ބައްދަލުކޮށްފައި ވަނީ، މިދިޔަ އަހަރު ފީފާ ވޯލްޑް ކަޕް ކޮލިފިކޭޝަންގައި. ރާއްޖޭގައި ކުޅުނު އެ މެޗުން ރާއްޖެ މޮޅުވީ 4-2 ލަނޑުން.

    19:00

    ގްރޫޕް ޑީގައި މިހާތަނަށް ކުޅުނު މެޗުތަކަށް ބަލާއިރު، ފަލަސްތީން އޮމާން އަދި ރާއްޖެއަށް ވެސް މިވަނީ 3 ޕޮއިންޓް ލިބިފައި. މި ގްރޫޕްގައި މާދަމާ ކުޅޭނީ ފަލަސްތީނާ އޮމާންގެ މެޗު. މި މެޗު ކުޅޭނީ ފަލަސްތީނުގައި.

    18:58

    އޭއެފްސީ އޭޝިއަން ކަޕް ކޮލިފިކޭޝަންގެ ގަރޫޕް ޑީގައި ހިމެނެނީ ރާއްޖެ، ބޫޓާން، އޮމާން އަދި ފަލަސްތީން.

    18:57

    މި މުބާރާތުގައި ބޫޓާން ދެން ވާދަކުރާން ޖެހޭނީ ސެޕްޓެމްބަރު 5 ވަނަ ދުވަހު ފަލަސްތީނާ ދެކޮޅަށް. މި މެޗު ކުޅޭނީ ބޫޓާންގައި.

    18:55

    އޭއެފްސީ އޭޝިއަން ކަޕް ކޮލިފިކޭޝަންގައި ރާއްޖެ ދެން މެޗެއް ކުޅެން ޖެހޭނީ އަންނަ ސެޕްޓެމްބަރު 5 ވަނަ ދުވަހު އޮމާންގައި އޮމާނާ ދެކޮޅަށް.

    18:53

    މެޗު ނިމިއްޖެ.ރާއްޖެ 2، ބޫޓާން 0

    18:51

    "90-މެޗުގެ ފުރިހަމަ ވަގުތުގެ ކުޅުން ނިމިއްޖެ.މިހާރު ކުޅެމުން ދަނީ އިތުރު ވަގުތު.

    18:48

    "87- ކައުންޓަރ އެޓޭކްގައި ސެންޓޭ ބޫޓާން އޭރިޔާ ތެރެއަަށް ފޮނުވާލި ބޯޅައަށް އަރަން ހުރީ އައްމަޑޭ. އެހެން ނަމަވެސް އަންމަޑޭއަށް ބޯޅަ ލިބުމުގެ ކުރީން ހަރީ ގުރުން ބޯޅަ ދިފާއުކުރީ.

    18:47

    "86-ރާއްޖޭ ޓީމުން އަނެއްކާވެސް ބަދަލެއް.އަކްރަމް އަބްދުލްޣަނީގެ ބަދަލުގައި ކުޅެންއެރީ އިމްރާން ނަޝީދު

    18:43

    "82-ރާއްޖޭ ޓީމުން ބަދަލެއް.އަސަދުﷲގެ ބަދަލުގައި ކުޅެން އެރީ އަހްމަދު ރަޝީދު (އައްމަޑޭ)

    18:38

    ބޫޓާން ކުޅުންތެރީން ރާއްޖޭގެ ގޯލަށް ފޮނުވާލި ބޯޅައެއް ދިފާއުކުރަން އުޅުމުގެ ތެރޭގައި ހޮކޭއަށް މިވަނީ ކޮންމެވެސް ވަރެއްގެ އަނިޔާއެއް ލިބިފައި.

    18:37

    ހަމްޕު ވަރަށް ރީތިކޮށް ބޫޓާން ގޯލް އޭރިޔާ ތެރެއަށް ހުރަސްކޮށްލި ބޯޅަ، ވަރަށް ރީތިކޮށް ގޯލް ތެރެއަށް ލިލީ ފޮނުވާލީ.

    18:35

    "73-ރާއްޖެ 2 ވަނަ ލަނޑު ޖަހައިިފި. މި ލަނޑު ޖެހީ އަހްމަދު އަބްދުﷲ (ލީލީ)

    18:34

    "72- ބޫޓާންގެ ޕެނަލްޓީ އޭރިޔާ ބޭރުން ސެންޓޭ ފޮނުވާލި ބާރު ހަމަލާ މިފަހަރުވެސް ކީޕަރުގެ އަތުގައި ޖެހިފައި ކޯނަރަކަށް ބޭރު.

    18:31

    "70- އަނެއްކާވެސް ބޫޓާންގެ ހަމަލާއެއް. ރާއްޖޭގެ ޕެނަލްޓީ އޭރިޔާގެ ބޭރުން ބޫޓާން ކުޅުންތެރިއަކު ފޮނުވާލި ބާރު ބޯޅަ ދިޔައީ ގޯލްގެ ހުރަސް ދަނޑި މަތީން ބޭރަށް.

    18:28

    "66- ބޫޓާން ޕެނަލްޓީ އޭރިޔާ ބޭރުން ސެންޓޭ ފޮނުވާލި ބޯޅަ ކީޕަރު ހަރީ ގުރުން މަތަކުރީ.

    18:23

    ފަހު ހާފު ފެށުނުފަހުން ބޫޓާނުން މިދަނީ ވަރަށް އަވަސް ކުޅުމެއް ދައްކަމުން.

    18:21

    "60-ރާއްޖޭ ޓީމުން ބަދަލެއް.ނާއިޒްގެ ބަދަލުގައި ކުޅެން އަރަނީ ހަމްޒާ މުހައްމަދު.

    18:19

    މި މެޗު ކުޅެމުން މިދަނީ ބޫޓާންގެ ވެރިރަށް ތިމްޕޫގެ ޗަންގްލިމިތަންގ ނޭޝަނަލް ސްޓޭޑިއަމްގައި. ގިނަ އަދަދެއްގެ ބޫޓާން ސަޕޯޓަރުން ވަނީ ދަނޑަށް ވަދެފައި.

    18:17

    "56- ބޫޓާނުން އަނެއްކާވެސް ހަމަލާއެއް. ޗެންޗޯ ބޯޅަހިފައިގެން ގޮސް ރާއްޖޭ ޕެނަލްޓީ އޭރިޔާ ބޭރުން ބޯޅަ ގޯލަށް ފޮނުވާލުމުގެ ކުރީން ކީޕަރު ފައިސަލް އެ ބޯޅަ ދިފާއުކޮށް ފޮނުވާލީ.

    18:15

    ދެޓީމުގެ ފަރާތުން ވެސް މިދަނީ ވަރަށް އަވަސް ކުޅުމެއް ދައްކަމުން.

    18:14

    "53- ރާއްޖޭ ޓީމުން ހަމަލާއެއް އުފެއްދުމުން އެ ބޯޅަ ހޯދައިގެން ކައުންޓަރ އެޓޭކްގައި ބޫޓާނުން މިވަނީ ނުރައްކާތެރި ހަމަލާއެއް ފޮނުވާލާފައި. ބޫޓާންގެ ޗެންޗޯ ފޮނުވާލި ބޯޅަ، ކީޕަރު ފައިސަލް ދިފާއުކޮށް ފޮނުވާލީ.

    18:13

    ބޫޓާނުން ވަނީ، ދެވަނަ ހާފްގެ ފުރަތަމަ މިނިޓްގައި ރާއްޖޭ ކޮޅަށް ހަމަލާއެއް އުފައްދާފައި.

    18:11

    ދެވަނަ ހާފްގެ ފުރަތަމަ ފަސްމިނިޓް ނިމުނު އިރު، ނަތީޖާއަކީ އަދިވެސް ރާއްޖެ 1، ބޫޓާން 0.

    18:11

    މި ދެޓީމުގެ މެދުގައި އެންމެ ބޮޑު ވާދަވެރިކަމެއް ފެނިގެން ދިޔަ މެޗަކީ، 2015 ވަނަ އަހަރު، ފީފާ ވޯލްޑް ކަޕް ކޮލިފިކޭޝަންގައި ބޫޓާނުގައި ކުޅުނު މެޗު. އެ މެޗުން ރާއްޖެ މޮޅުވީ 3-4 ލަނޑުން.

    18:10

    ރާއްޖޭގެ ކުރީގެ ކެޕްޓަން އަލީ އަޝްފާޤު (ދަގަނޑޭ) ވަނީ، 2013 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި ބޫޓާން ކޮޅަށް 4 ލަނޑު ޖަހާފައި. އެ މެޗުން ރާއްޖެ މޮޅުވީ 8-2 ލަނޑުން.

    18:09

    ތާރީޚަށް ބަލާއިރު ކަތުމަންޑޫގައި 2013 ވަނަ އަހަރު ބޭއްވި ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ވަނީ 8-2ގެ ތަފާތުބޮޑު ނަތީޖާއަކުން މޮޅުވެފައި.

    18:06

    ދެވަނަ ހާފްގެ ކުޅުން ފަށައިފި.

    17:53

    އޭޝިއަން ކަޕް ކޮލިފިކޭޝަންގައި ރާއްޖެ އެންމެ ފަހުން ކުޅުނު މެޗުން ފަލަސްތީނު އަތުން ބަލިވީ 3-0 ލަނޑުން.

    17:52

    އޭޝިއަން ކަޕް ކޮލިފިކޭޝަންގައި ބޫޓާން އެންމެ ފަހުން ކުޅުނު މެޗުން، އޮމާން އަތުނ ވަނީ 14-0 ލަނޑުން ބަލިވެފައި.

    17:50

    ފުރަތަމަ ހާފްގެ ކުޅުން ނިމިއްޖެ.

    17:49

    ސެންޓޭ ފޮނުވާލި ޕެނަލްޓީއަށް ވަރަށް ރަނގަޅަށް ބޫޓާން ގޯލްކީޕަރު މޫވްވެސްކުރި. އެހެން ނަމަވެސް ކީޕަރުގެ އަތްކައިރިން ލާފައި ވަރަށް ބާރަށް ބޯޅަގޮސް ގޯލްތެރެއަށް ވަނީ.

    17:47

    "42-ރާއްޖެ ލަނޑު ޖަހައިފި. ޕެނަލްޓީ ފޮނުވާލީ ސެންޓޭ.

    17:46

    ބޫޓާން ޕެނަލްޓީއޭރިޔާ ތެރޭން ސެންޓޭ ބޯޅަ ކޮންޓްރޯލްކުރާން އުޅެނިކޮށް ބޫޓާން ޑިފެންޑަރަކު ފައުލްކުރީ.

    17:45

    "41-ރާއްޖެއަށް ޕެނަލްޓީއެއް.

    17:39

    "35-ރާއްޖޭ ޓީމަށް ލަނޑު ޖަހާނޭ ރަނގަޅު ފުރުސަތެއް.ބޫޓާން ގޯލް ކުރިމައްޗަށް އަކޫ ހުރަސްކޮށްލި ބޯޅަ ޕެނަލްޓީ އޭރިޔާ ތެރޭގައި ހުރި ނާއިޒަށް ލިބުނު ނަމަވެސް އޭނާއަށް އެހާ ރަނގަޅަ ބޯޅަ ފޮނުވައެއް ނުލެވުނު. ބޯޅަ ދިޔައީ ހުރަސް ދަނޑިމަތީން ބޭރަށް.

    17:37

    "33- ބޫޓާންގެ ޕެނަލްޓީ އޭރިޔާ ތެރޭން ގޯލްކީޕަރު ކައިރިން ނައްޓާލާފައި ސެންޓޭ ބޯޅަ ފޮނުވާލަން އުޅުމުގެ ތެރޭގައި އޭނަ ވެއްޓުނީ. ބޫޓާން ގޯލް ކުރިމަތިން ޖެހުމެއް.

    17:35

    ބަންގާޅުގައި 2003 ވަނަ އަހަރު ކުޅު ސާފް ޗެމްޕިއަންޝިޕްގެ ގްރޫޕް ސްޓޭޖްގައި، ރާއްޖޭ ޓީމުގެ ކުރީގެ ފޯވާޑް އަލީ ޝީހާމް ވަނީ ބޫޓާން ކޮޅަށް އެންމެ ފުރަތަމަ ހެޓްރިކެއް ހެދި ދިވެހި ކުޅުންތެރިޔާގެ ޝަރަފް ހޯދާފައި.

    17:34

    މާޒީގައި މި ދެޓީމުގެ ކުރިމަތިލުންތަކަށް ބަލާއިރު، 1984ގައި ސާފް ގޭމްގައި މި ދެޓީމު ބައްދަލުކުރި ފަހުން ދެން އެންމެ ފުރަތަމަ ބައްދަލުވީ 2003 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި. އެފަހަރު ރާއްޖެ ވަނީ 6-0 ލަނޑުގެ ތަފާތު ބޮޑު ނަތީޖާއަކުން މޮޅުވެފައި.

    17:31

    "26- ބޫޓާން ކުޅުންތެރިއަކަށް ފައުލުކުރުމުން ރާއްޖޭ ޓީމުގެ ކެޕްޓަން އަޝްހަދު އަލީއަށް ރީނދޫ ކާޑެއް.

    17:30

    ފުރަތަމަ ހާފްގެ 25 މިނިޓްގެ ކުޅުން ނިމުނު އިރު، އަދި އެއްވެސް ޓީމަކަށް ނަތީޖާ ބަދަލުކޮށްލެވޭ ވަރުގެ ރަނގަޅު ހަމަލާއެއް ނުއުފެއްދޭ.

    17:23

    "18- ރާއްޖޭ ޕެނަލްޓީ އޭރިޔާ ބޭރުން ބޫޓާނަށް ލިބުނު ހިލޭ ޖެހުމަކުން، އެޓީމުގެ ޝެރީންގ ފޮނުވާލި ބޯޅަ ރާއްޖޭ ޓީމުގެ ކުޅުންތެރީންގެ ގައިގަ ޖެހިފައި ކުޅުމުގެ ތެރެއަށް.

    17:18

    "14- ބޫޓާންގެ ޕެނަލްޓީ އޭރިޔާ ބޭރުން ރާއްޖެއަށް ހިލޭ ޖެހުމެއް. ސެންޓޭ ފޮނުވާލި ބޯޅަ ދިޔައީ މާ މަތިން ބޭރަށް.

    17:17

    "13 - ބޫޓާން ޕެނަލްޓީ އޭރިޔާގެ އަރިމަތިން އަސަދުﷲ ފޮނުވާލި ބޯޅަ ގޯލްގެ ހުރަސް ދަނޑިމަތީން ބޭރަށް.

    17:16

    ރާއްޖޭގެ ފުރަތަމަ 11:

    • އަބްދުﷲ އަހްމަދު
    • އަލީ ފާސިރު
    • މުހައްމަދު އުމޭރު
    • އަސަދުﷲ އަބްދުﷲ
    • ނާއިޒް ހަސަން
    • އަޝްހަދު އަލީ (ކެޕްޓަން)
    • އަކްރަމް އަބްދުލްޣަނީ
    • އަމްދާން އަލީ
    • ޝާފިއު އަހްމަދު
    • މުހައްމަދު މަދު ރަޝީދު
    • ފައިސަލް (ގޯލްކީޕަރު)
    17:11

    މެޗުގެ ހަތް މިނިޓް ކުޅެވުނު އިރު އަދި އެއްވެސް ޓީމަކަށް ރަނގަޅު ހަމަލާއެއް ނޫފެއްދޭ.

    17:06

    މެޗު ފަށައިފި