13 Jun 2017, 14:36
އަލިރަސްގެފާނު ޒިޔާރަތް ބަންދުކޮށްގެން ކުރަމުން އަންނަމަސައްކަތަކީޝަހީދު އަލީ ހިނގުމުގައި ހެދޭ ފެން ހިންދުމަށް ޕަންޕް ސުޓޭޝަންއެއް ގާއިމްކުރުމުގެ މަސައްކަތެއް ކަމަށް ހައުސިން މިނިސްޓަރު ވިދާޅުވެއްޖެ އެވެ.
ހައުސިން މިނިސްޓްގައި މިހާރު ކުރިއަށްދާ ޕްރެސް ކޮންފަރެންސްގައި މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ އެ ޒިޔާރަތުގެ ގޯތިތެރެ ކޮނުނީ ޕަންޕު ސުޓޭޝަނެއް ހެދުމަށް ކަމަށެވެ.
"މިކަން އަޅުގަނޑުމެން މިކުރަނީ ހެރިޓޭޖް ޑިޕާޓްމެންޓުގެ ފުރިހަމަ އެއްބާރުލުމާ އެކީގަ ކޮންސަލްޓޭޝަންއާ އެކީގަ... ކޮނެވޭ ދިމާލަކު އެއްވެސް ކަހަލަ ސެންސިޓިވް ހެރިޓޭޖް އަދި ހިސްޓޯރިކަލް ސެންސިޓިވް އެއްވެސް ކަމެއް ނެތް ކަމަށް ހެރިޓޭޖް ޑިޕާޓުމެންޓުންވެސް އަޅުގަނޑުމެންނަށް ޔަގީންކަން ދެއްވާ. އެބޭފުޅުންގެ ފުލް އިންވޯލްމެންޓާ އެކު މިކަން ކުރިއަށް މިގެންދަނީ." މިނިސްޓަރު ވިދާޅުވިއެވެ.
ޝަހީދު އަލީ ހިނގުމުގައި ހުންނަ އަލިރަސްގެފާނު ޒިޔާރަތް ވަނީ ފިލައި ޖަހައި ބަންދުކޮށް އެޒިޔާރަތުގެ ދޮރުމަތި ކޮނެ ހަދާތާ ދުވަސްކޮޅެއްވަނީ ވެފައެވެ.
އެކަމާ ގުޅޭ ގޮތުން ސުވާލު އުފެދިފައިވާ ދަނޑިވަޅެއްގައި ހެރިޓޭޖުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އެތަނުގެ މަސައްކަތް ނިމޭއިރު އަލިރަސްގެފާނުގެ ޖިހާދާއި ޒިޔާރަތުގެ މައުލޫމާތު އާންމުންނަށް ލިބޭނެހެން އެ ޒިޔާރަތުގެ ގޯތިތެރެއަށް ބަދަލުތަކެއް ގެންނާނެ ކަމަށެވެ.
އެ މަސައްކަތް ކުރަމުންދާއިރު އަލިރަސްގެފާނާއި ރާވެރިބޭ ފަސްދާނުލާފައިވާ ސަރަހައްދަށް އެއްވެސް ގެއްލުމެއް ނުވާނެ ކަމަށް ހެރިޓޭޖުން ބުންޏެވެ.
އެތާކައިރި ގޭގެއަށް އަރައި ބެލިބެލުމުން ފެނުނު ގޮތުގައި އެ ޒިޔާރަތައް ވަންނަ ދޮރު ކުރިމަތިން ވަނީ ބޮޑު ސަރަހައްދެއް ކޮނެފައެވެ. އަދި އެއް ފަރާތަކަށް ގިނަ އަދަދަކަށް ވެލި ޖަމާކޮށްފައިވެ އެވެ.
އަލި ރަސްގެފާނު ފަސްދާނުލެވުނު ކަމަށް ބުނެވެނީ އޭނާ އަވަހާރަވެގެން ވެއްޓި ވަޑައިގަތްތާގައެވެ.
ސުލްޠާން ޢަލީ (ހަވަނަ)އަކީ މީލާދީން 1557 ން 1558 އަށް ދިވެހިރާއްޖޭގެ ރަސްކަން ކުރެއްވި ރަދުންނެވެ. އެއީ ހިޖުރައިން 965 ވަނަ އަހަރުއެވެ. މިރަދުން ރަސްކަމަށް އިސްވެ ވަޑައިގަތި ހިޖުރައިން 965 ވަނަ އަހަރުއެވެ.