Back
Nov 23, 2025 SUN
SUN

ގަތަރުގެ ރައްޔިތުން ހަރަމްފުޅަށް ވަނުން ނުހުއްޓުވާ ކަމަށް ސައުދީން ބުނެފި

ގަތަރުގެ ރައްޔިތުން ހަރަމްފުޅަށް ވަނުން ނުހުއްޓުވާ ކަމަށް ސައުދީން ބުނެފި
Lead photo

ރިޔާދު (ޖޫން 13): ސައުދީ އަރަބިއާއަށް އުމްރާއަށް ދިޔަ ގަތަރުގެ ރައްޔިތުން ހަރަމްފުޅަށް ވަނުން ނުހުއްޓުވާ ކަމަށް ސައުދީ ސަރުކާރުން ބުނެފި އެވެ.

ސައުދީ ޕްރެޒިޑެންސީ ފޯ ދި އެފެއާސް އޮފް ދި ޓޫ ހޮލީ މޮސްކޮސް އިން އެފަދައިން ބުނެފައި ވަނީ މައްކާގައި ތިބި ގަތަރުގެ ބައެއް ރައްޔިތުން ހަރަމްފުޅަށް ވަނުން ސައުދީ އޮފިޝަލުން ހުއްޓުވި ކަމަށް ބުނެ ގަތަރުގެ އަލް ޝަރްގު ނޫހުން ރިޕޯޓު ކުރުމާ ގުޅިގެންނެވެ.

އެ ނޫހުގައިވާ ގޮތުން ގަތަރުގެ ބައެއް ރައްޔިތުން ވަނީ އެ މައްސަލަ އެ ގައުމުގެ ނެޝަނަލް ހިއުމަން ރައިޓްސް ކޮމިޝަނަށް ހުށަހަޅާފަ އެވެ.

މައްކާގެ ކްރިމިނަލް އިންވެސްޓިގޭޝަންސް ޑިޕާޓްމެންޓުގެ ކުރީގެ ޑިރެކްޓަރު ބްރިގޭޑިއާ ޖެނެރަލް ޑޮކްޓަރު މުހައްމަދު އަލް މިންޝާވީ ވިދާޅުވި ގޮތުގައި ސައުދީއަށް އަޅުކަމަށްދާ ފަރާތްތަކާ މެދު އެ ގައުމުން އެއްވެސް ތަފާތު ކުރުމެއް ނުގެންގުޅެ އެވެ. އަދި ހުރިހާ ގައުމުތަކުގެ ރައްޔިތުންނާ މެދުވެސް އަމަލު ކުރަނީ ހަމަހަމަ ކަމާ އެކު އެވެ.

ގަތަރުން ޓެރަރިޒަމަށް ހަރަދު ކުރާ ކަމަށް ބުނެ ސައުދީން އެ ގައުމާ ގުޅުން ކަނޑާލާފައިވާ އިރު މީގެ ކުރިން ސައުދީން ވަނީ އޭގެ ސަބަބުން ގަތަރުގެ ރައްޔިތުންނަށް އުމްރާ ކުރުމަށް އެއްވެސް ހުރަހެއް ނާޅާނެ ކަމަށް ބުނެފަ އެވެ.

އަދި ސައުދީ އަރަބިއާ އިން ވަނީ އެ ގައުމުގައި ތިބި ގަތަރުގެ ރައްޔިތުންނަށް އެހީވުމަށް ހާއްސަކޮށް ހޮޓްލައިނެެއް ވެސް ތައާރަފްކޮށްފަ އެވެ. އެ ގައުމުން ބުނި ގޮތުގައި މިމަހުގެ ހަތަރަކުން ފެށިގެން ގަތަރުގެ 1،633 މީހުން އުމްރާކޮށްފައިވެ އެވެ.

ސައުދީ އަރަބިއާގެ އިތުރުން ގަތަރާ ގުޅުން ކަނޑާލި ގައުމުތަކުގެ ތެރޭގައި ޔުނައިޓެޑް އެރެބް އެމިރޭޓްސް، މިސްރު، ބަހްރެއިން، ލީބިޔާ، ޔަމަން، މޮރީޝަސް އަދި ރާއްޖެ ހިމެނެ އެވެ.

ގަތަރުން ވަނީ އެ ގައުމުން ޓެރަރިޒަމަށް ފަންޑު ކުރާ ކަމަށް ބުނާ ތުހުމަތުތައް ދޮގުކޮށްފައެވެ. (ސައުދީ ގެޒެޓް)

ތަންތީގައި އެއްބަސް

މި ޚަބަރު ބައިވެރިކޮށްފި ތަންތީގައި ހުޅުވާ އެއްބަސްތަކެއް.

Back to feed

Browse topics