13 Jun 2017, 13:13
އަލިރަސްގެފާނު ޒިޔާރަތް ބަންދުކޮށް، އެތަނުގެ އެތެރެކޮނެ ދަންވަރު މަސައްކަތް ކުރަމުން އަންނަ ކަމަށް އެ ސަރަހައްދުގައި ދިރިއުޅޭ ފަރާތްތަކުން ބުނެފިއެވެ.
ޝަހީދު އަލީ ހިނގުމުގައި ހުންނަ އަލިރަސްގެފާނު ޒިޔާރަތް ވަނީ ފިލައި ޖަހައި ބަންދުކޮށްފައެވެ. އެތާކައިރި ގޭގެއަށް އަރައި ބެލިބެލުމުން ފެނުނު ގޮތުގައި އެޒިޔާރަތައް ވަންނަ ދޮރު ކުރިމަތިން ވަނީ ބޮޑު ސަރަހައްދެއް ކޮނެފައެވެ. އަދި އެއް ފަރާތަކަށް ގިނަ އަދަދަކަށް ވެލި ޖަމާކޮށްފައިވެއެވެ.

އަލިރަސްގެފާނު ޒިޔާރަތުގެ ބައެއް ކޮނެފައި-- އެތަނުން ގެންދިޔައީ ގާތަކެއް ކަމަށް އަވައްޓެރިން ބުނޭ-- ޓުވިޓާ ފޮޓޯ: ހުސެއިން ޝަރީފް
އެޒިޔާރަތުގައި ފަސްދާނު ލާފައިވަނީ ޕޯޗުގީޒުންނާއި ހަނގުރާމަ ކުރެއްވި އަލިރަސްގެފާނުގެ އިތުރުން ވިލިނގިލީ ރާވެރިބެއެވެ. އެދެ މަހަނާ އޮތް ސަރަހައްދެއް ނުކޮނެއެވެ.

އަލިރަސްގެފާނު ޒިޔާރަތުގެ ބައެއް ކޮނެފައި-- އެތަނުން ގެންދިޔައީ ގާތަކެއް ކަމަށް އަވައްޓެރިން ބުނޭ-- ސަން ފޮޓޯ: އަހުމަދު ސާއިލް އަލީ
އެޒިރާރަތް ކޮންނަ ސަބަބު ހޯދުމަށް ހެރިޓޭޖްގެ ކަމާބެހޭ ފަރާތްތަކާއި ގުޅުމުންވެސް އަދި މައުލޫމާތު ދީފައެއްނުވެއެވެ.
އެސަރަހައްދުގައި ދިރިއުޅޭ ފަަރާތްތަކުން ބުނީ މި ރޯދަ މަސް ފެށުމާއެކު ކަހަލަ ގޮތަކަށް އެމަސައްކަތް ކުރަމުންދާއިރު މަސައްކަތް ކުރަނީ ރޭގަނޑު ދަންވަރު ކަމަށެވެ.

އަލިރަސްގެފާނު ޒިޔާރަތް ބަންދުކޮށްފައި-- އެތަނުން ގެންދިޔައީ ގާތަކެއް ކަމަށް އަވައްޓެރިން ބުނޭ-- ސަން ފޮޓޯ: އަހުމަދު ސާއިލް އަލީ
"ރޭގަނޑު 12:00 އިން 3:00 އަކަށް މަސައްކަތްކުރަނީ، ގާތަކެއް ނަގަނީ، ދެން ވެލިވެސް ގެނެސް އަޅާ،" އެ ޒިޔާރަތް ފެންނަ ހިސާބުގައި ދިރިއުޅޭ ފަރާތަކުން ބުންޏެވެ.
ސުލްޠާން ޢަލީ (ހަވަނަ)އަކީ މީލާދީން 1557 ން 1558 އަށް ދިވެހިރާއްޖޭގެ ރަސްކަން ކުރެއްވި ރަދުންނެވެ. އެއީ ހިޖުރައިން 965 ވަނަ އަހަރުއެވެ. މިރަދުން ރަސްކަމަށް އިސްވެ ވަޑައިގަތި ހިޖުރައިން 965 ވަނަ އަހަރުއެވެ.
އަލި ރަސްގެފާނު ފަސްދާނުލެވުނުކަމަށް ބުނެވެނީ އޭނާ އަވަހާރަވެގެން ވެއްޓި ވަޑައިގަތްތާގައެވެ.