ރައީސް އޮފީހުގެ ޗީފް ކޮމިއުކޭޝަން ސްޓްރެޓެޖިސްޓްގެ މަގާމަށް ދިރާގުގެ ކުރީގެ ޕަބްލިކް ރިލޭޝަންސް މެނޭޖަރު އިބްރާހީމް އިމްޖާދު ޖަލީލު ހަމަޖައްސައިފިއެވެ.

"ސަން" އަށް އެނގިފައިވާގޮތުގައި އިމްޖާދު އޮފީހަށް ނުކުންނަވާތާ މިހާރު ދުވަސްތަކެއް ވެއްޖެއެވެ. ނަމަވެސް ރަސްމީކޮށް މަގާމާ ހަވާލުވެވަޑައިގަތީ މިއަދު އެވެ.

ޕަބްލިކް ރިލޭޝަންސްގެ ދާއިރާ އިން ކިޔަވާ ވިދާޅުވެގެން ހުންނެވި އިމްޖާދު ވަނީ ދިރާގުގެ މާކެޓިން މެނޭޖަރެއްގެ ގޮތުގައި ގިނަ ދުވަސްތަކެއް ވަންދެން ވަޒީފާ އަދާކުރައްވާފައެވެ.

ރައީސް އޮފީހުގެ ތަރުޖަމާން އިބްރާހީމް މުއާޒު އަލީ މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެ އޮފީހުގެ ޗީފް ކޮމިއުކޭޝަން ސްޓްރެޓެޖިސްޓްގެ މަގާމަށް ރައީސް ޔާމީން ވަނީ އިމްޖާދު އައްޔަން ކުރައްވާފައި ކަމަށެވެ.