12 Jun 2017, 12:30
މިހާރު ކުރިއަށްދާ 9 ވަނަ "ދުންތަރި މަނިކު މެމޯރިއަލް ޓޭބަލް ޓެނިސް ޗެމްޕިއަންސްޝިޕް"ގެ ސެމީ ފައިނަލަށް ދިޔަ ޓީމުތައް ކަށަވަރުވެއްޖެ އެވެ.
ރޭ ކުރިއަށް ދިޔަ ކުއާޓާ ފައިނަލްގެ މެޗު ތަކަށްފަހު ސެމީ ފައިނަލުގައި ކުޅޭ ޓީމުތައް ކަށަވަރުވީއިރު މި މުބާރާތް ކުރިއަށް ދަނީ ޝޯސިއަލް ސެންޓަރުގެ ޓީޓީ ހޯލުގައެވެ.
ކުއާޓާ ފައިނަލުން މޮޅުވެ ސެމީ ފައިނަލަށް ދަތުރުކޮށްފައިވާ ޓީމުތަކަކީ ބްލޫ ޝްމެޝާސް، ބުލޫ ފަޔާ، އޮރެންޖް ކްރަޝް އަދި ރެޑް ސްނައިޕާސްއެވެ.
މިރޭ އޮންނަ ސެމީ ފައިނަލްގައި ޓީމުތައް ބައްދަލުކުރާނެ ގޮތައްބަލާއިރު ބްލޫ ޝްމެޝާސްއާ ދެކޮޅަށް ނުކުންނާނީ ބުލޫ ފަޔާއެވެ. އަދި އޮރެންޖް ކްރަޝްއާ ދެކޮޅަށް ނުކުންނާނީ ރެޑް ސްނައިޕާސްއެވެ.
ޖުމުލަ އަށް ޓީމް ވާދަ ކުރާ އެ މުބާރަތުގައި 72 ކުޅުންތެރިންވަނީ ބައިވެރިވެފައެވެ. ފައިނަލް މެޗް އޮންނާނީ އަންނަ އަންގާރަ ދުވަހުގެ ރެއެވެ.